ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލެވޭ އުމުރަށް ބަދަލު ގެނައުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ހަތާވީސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ވެރިކަމަށް ކުރިމަތިލާ ފަރާތްތަކުގެ އުމުރު ގާނޫނުއަސާސީގައި މިހާރު ބަޔާންކޮށްފައިވާ ގޮތް ނޫން ގޮތަކަށް ބަދަލު ކުރުމުގެ ވިސްނުމެއް އެމަނިކުފާނު ނުގެންގުޅުއްވާ ކަމަށެވެ.
މިފަދައިން "ހަތާވީސް" އިން ސުވާލުކުރީ އަންނަ ރިޔާސީ އިންތިހާބުގެ ކުރިން ގާނޫނުއަސާސީ އިސްލާހުކޮށްގެން، ރައީސް ކަމަށް ކުރިމަތިލެވޭ އުމުރު ބަދަލުކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން އަންނާތީއެވެ.
ގާނޫނުއަސާސީގައި މިހާރު ބަޔާންކޮށްފައިވާ ގޮތުގައި ރައީސްކަމަށް ކުރިމަތިލެވެނީ 35 އަހަރުން މަތީގެ މީހުންނަށެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އޮތް އުމުރަށް ބަދަލު ގެނައެވެ. އެގޮތުން ރައީސް ކަމަށް ކުރިމަތިލެވޭނީ އުމުރުން 30 އަހަރާއި 65 އަހަރާއި ދެމެދުގެ މީހުން ކަމަށް ބަޔާންކުރިއެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެކަން އުވާލެއްވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ގާނޫނުއަސާސީ އަށް އެމަނިކުފާނު ގެންނަވަން ބޭނުންފުޅުވާ އިސްލާހުތަކެއް ދެފުށް ފެންނަ ގޮތަށް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ހިއްސާ ކޮށްފައިވާނެ ކަމަށެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ