މާލޭ ޓެކްސީ ލައިންގެ ހިދުމަތް އިފުތިތާހުކޮށްފިއެވެ.
މިކަން އިފްތިތާހް ކޮށްދެއްވީ މިރޭ، ހުޅުމާލޭ ސެންޓްރަލް ޕާކުގައި، ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މާލޭ ޓެކްސީ ލައިނަކީ، މާލޭ ސަރަހައްދަށް ކުރިމަތިވެފައިވާ ޓެކްސީގެ ދަތިކަމަށް ވަށާޖެހޭ ހައްލެއް ހޯއްދަވައިދެއްވުމުގެ މަގުސަދުގައި، ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ މަތީން، ފަރުމާކުރެއްވި މަސައްކަތެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިރެއިން ފެށިގެން 24 ގަޑިއިރު ހިދުމަތް ލިބޭގޮތަށް ފެށި މި ހިދުމަތުގައި ބޭނުންކުރާނީ، ތިމާވެއްޓާ ރަޙުމަތްތެރި، 150 އިލެކްޓްރޯނިކް ވެހިކަލް (އީ.ވީ) އެވެ.
މީގެ ތެރޭގައި، މާލޭގެ ހަނި މަގުތަކަށް ހާއްސަ ކުދި ކާރާއި، ދާގީނާ އުފުލޭ ފަދަ ބޮޑެތި ކާރު ހިމެނޭހެން، ތިން ސައިޒެއްގެ ކާރު މި ހިދުމަތުގައި ބޭނުންކުރާނެއެވެ.
އެ ހިދުމަތަށް ހާއްސަ ހޮޓްލައިން، 1655 ވެސް މިރޭ ވަނީ ތައާރަފުކޮށްފައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ