އީރާނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ އީރާނު ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާގެ ރައްޔިތުން ދައްކަމުންދާ ޝައުގުވެރިކަމަށް، ނިއުދިއްލީގައި ހުންނަ އީރާނު އެމްބަސީން ޝުކުރު އަދާކޮށްފިއެވެ.
އިންޑިއާގެ ރައްޔިތުން އީރާނަށް އެހީތެރިވުމުގެ ގޮތުން ނަގުދު ފައިސާ ދެމުންދިޔަ ނަމަވެސް، ބޭންކިން ނިޒާމަށް ދިމާވެފައިވާ ފަންނީ މައްސަލަތަކެއްގެ ސަބަބުން އޮންލައިންކޮށް ފައިސާ ފޮނުވުމުގައި ދަތިތަކެއް ހުރިކަން އެމްބަސީން ވަނީ ހާމަކޮށްފައެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި އެމްބަސީން ވަނީ އިންޑިއާގެ ރައްޔިތުން ފޯރުކޮށްދެމުންދާ މެދުކެނޑުމެއްނެތް އެހީތެރިކަމަށްޓަކައި އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.
އެމްބަސީގެ އެކައުންޓަށް ފައިސާ ޖަމާކުރުމުގައި ދަތިތަކެއް ހުރިކަމަށް ރިޕޯޓްކޮށްފައިވާތީ، ޖީޕޭ ފަދަ އޮންލައިން ވަސީލަތްތައް މިވަގުތު ބޭނުންނުކުރުމަށް އެމްބަސީން ވަނީ އިލްތިމާސްކޮށްފައެވެ.
އެމްބަސީން ބުނީ އެހީ ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް މިހާރު އެންމެ ރަނގަޅު ގޮތަކީ އެމްބަސީއަށް ވަޑައިގެން ނަގުދު ފައިސާއިން އެހީ ހަވާލުކުރުން ކަމަށެވެ. އަދި އޮންލައިންކޮށް ދިމާވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އިންޑިއާ ރައްޔިތުން ދައްކުވައިދޭ އެއްބައިވަންތަކަމަށް ޝުކުރުވެރިވާ ކަމަށްވެސް އެމްބަސީން ބުންޏެވެ.
އީރާނުން މި އެހީތެރިކަމަށް އެދިފައިވަނީ މަސްރަހު ނުހަނު ގޯސްވެ، އިސްރާއީލާއި އެމެރިކާއިން އީރާނުގެ އެކި އަމާޒުތަކަށް ހަމަލާދެމުންދާ ދަނޑިވަޅެއްގައެވެ.
މީގެ ރައްދުގައި އީރާނުންވެސް ދަނީ ގަލްފް ސަރަހައްދުގައި ހުރި އެމެރިކާއާއި އިސްރާއީލުގެ މަސްލަހަތު އޮތް ތަންތަނަށް ހަމަލާދެމުންނެވެ. މި ހަނގުރާމައިގެ ސަބަބުން އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވަމުންދާއިރު، އިންޑިއާގެ ގިނަ ރައްޔިތުން ދަނީ އީރާނަށް އެހީތެރިވުމުގައި އަމަލީ ގޮތުން ބައިވެރިވަމުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ