މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަމާއި ހަމަނުޖެހުންތަކާ ގުޅޭގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އީރާނުގެ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއާނާ ފޯނުން ގުޅުއްވައި މުހިންމު މަޝްވަރާތަކެއް ބާއްވަވައިފިއެވެ.
އިއްޔެ ބޭއްވެވި މަޝްވަރާތަކާ ގުޅޭގޮތުން ބޮޑުވަޒީރު މޯދީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މެދުއިރުމަތީގެ މަސްރަހު ގޯސްވަމުންދާތީ އެކަމާ އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
އަދި މި ހަމަނުޖެހުންތަކުގައި އާންމުންގެ ފުރާނަ ގެއްލި، އާންމު ޚިދުމަތްތައް ދޭ ތަންތަނަށް ލިބެމުންދާ ގެއްލުންތަކާ މެދުވެސް މޯދީ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ބޮޑުވަޒީރު މޯދީ ފާހަގަކުރެއްވި ގޮތުގައި، މި ދަނޑިވަޅުގައި އިންޑިއާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، މުދަލާއި ހަކަތަ އުފުލުމަށް ހުރަހެއް ނެތް ދަތުރުފަތުރުގެ މަގުތައް ފަހިވެފައި އޮތުމަކީ އިންޑިއާއިން އެންމެ އިސްކަންދޭ ކަންކަމެވެ.
މީގެ އިތުރުން، ސަރަހައްދީ ސުލްހައާއި ހަމަޖެހުމަށް އިންޑިއާއިން ކުރާ ތާއީދު ތަކުރާރު ކުރައްވައި، ހުރިހާ މައްސަލަތަކެއްވެސް މަޝްވަރާގެ މަގުންނާއި ޚާރިޖީ ގޮތުން ހައްލުކުރުމަށް މޯދީ ބާރުއެޅުއްވިއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ. ވަކިން ހާއްސަކޮށް، ދުނިޔޭގެ ތެލާއި ގޭހުގެ ގާތްގަނޑަކަށް 20 އިންސައްތަ އުފުލާ ހޮރްމޫޒް ކަނޑުއޮޅި އީރާނުން ބަންދުކުރުމާ ގުޅިގެން، ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
މި މައްސަލައިގައި އިންޑިއާގެ ހާރިޖީ ވަޒީރު އެސް. ޖައިޝަންކަރު ވަނީ އީރާނުގެ ހާރިޖީ ވަޒީރު ސައްޔިދު އައްބާސް އަރަގްޗީއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައެވެ. މިއީ މި މައްސަލަ ފެށުނު ފަހުން މި ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ތިންވަނަ ފަހަރެވެ.
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި
މާލޭ ޓެކްސީ ލައިންގެ ހިދުމަތް އިފުތިތާހުކޮށްފި
މިއީ ގައުމީ ވިސްނުމުގައި ގައުމީ މަސައްކަތް ކުރާ ޕާޓީއެއް: ރައީސް