މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، އިތުރު ގޮތްތަކުން ރާއްޖެއަށް ތެޔޮ ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިންޑިއާގެ އެހީއަށް އެދިއްޖެއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާން ރަންދީރު ޖައިސްވާލް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ސަރަހައްދީ ތެލުގެ ދަތިކަން ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ތެޔޮ ފޯރުކޮށްދިނުމަށް އެދި އަވަށްޓެރި ގައުމުތައް ކަމަށްވާ ރާއްޖެ ބަންގްލަދޭޝް އަދި ސްރީ ލަންކާއިން އެހީއަށް އެދިފައިވާ ކަމަށެވެ.
މިގޮތުން ބަންގްލަދޭޝް އިން ވަނީ އިންޑިއާ އިން ޑީސަލް ސަޕްލައި ހޯދަން އެދިފައެވެ.
އަދި އިންޑިއާއިން އެކަމާ މެދު ގޮތެއް ނިންމާނީ އެތެރޭގެ އުފެއްދުންތެރިކަން ހުރި މިންވަރަށް ބެލުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަދި ބަންގްލަދޭޝް އަކީ ފާއިތުވި އަހަރުތަކުގައި ތެޔޮ ފޯރުކޮށްދެމުން އަންނަ ގައުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިންޑިއާއަށް މިފަދަ ހުށަހެޅުންތަކެއް ލިބިފައި ވަނީ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ކުއްލިއަކަށް އުފުލި، ގަލްފުގެ ގައުމުތަކުގައި ދަތުރުފަތުރަށް ބުރޫ އަރާފައިވާ ދަނޑިވަޅެއްގައެވެ. ތެލުގެ އަގަށް ބަލާއިރު ފީފާއެއްގެ އަގު މިހާރު ވަނީ 110 ޑޮލަރަށް އަރައިފައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ