އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރް) އިން ހިންގާ 'އެއިޑް ޓު މޯލްޑިވްސް ސްކީމް' ގެ ދަށުން، ރާއްޖޭގެ ދަރިވަރުންނަށް ބެޗްލާސް ޑިގްރީ ފެންވަރުގެ 20 ސްކޮލާޝިޕްގެ ފުރުސަތު އިންޑިއާ ސަރުކާރުން ހުޅުވާލައިފިއެވެ.
މަތީ ތައުލީމާއި ބެހޭ ވުޒާރާއިން ކުރި އިއުލާނެއްގައި ވިދާޅުވެފައިވަނީ، އިންޑިއާގެ އައިސީސީއާރު (ICCR) އިން ރާއްޖެއަށް ދީފައިވާ 20 ސްކޮލާޝިޕްގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
މި ކޯސްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކާއި، އެޕްލައި ކުރެވޭނެ ދާއިރާތަކުގެ އިތުރުން އިތުރު ތަފްސީލީ މައުލޫމާތު އެ ވުޒާރާގެ ރަސްމީ ވެބްސައިޓުންނާއި ކަނޑައެޅިފައިވާ ޕޯޓަލް މެދުވެރިކޮށް ލިބޭނެ ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.
މި ސްކޮލާޝިޕްތަކަށް ޝައުގުވެރިވާ ދަރިވަރުން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހެޅުމަށް އެ ވުޒާރާގެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
މަތީ ތައުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ސްކޮލާޝިޕްތަކަށް ދަރިވަރުން ހޮވުމުގެ ހުރިހާ މަރުހަލާއެއް ކުރިއަށް ގެންދާނީ ސްކޮލާޝިޕް ދޭ ފަރާތުން ކަމަށެވެ. އަދި ކޯހަށް ހޮވޭ ދަރިވަރުން ފުރުމުގެ ކުރިން، އެ ކޯސް ހިންގާ މަރުކަޒާއި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އިން ގަބޫލުކުރާ ތަނެއް އަދި ކޯހެއްކަން ކަށަވަރު ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖޭގައި މަސައްކަތް ކުރުމަށް ވަކި ޚާއްސަ ލައިސެންސެއް ބޭނުންވާ ދާއިރާތަކުން (މިސާލަކަށް ސިއްހީ ނުވަތަ އިންޖިނިއަރިން ފަދަ) ކޯސް ހެދުމަށް ހޮވޭ ދަރިވަރުން، ފުރުމުގެ ކުރިން އެ ކޯހަކީ ކަމާބެހޭ ކައުންސިލްތަކުން ނުވަތަ އިދާރާތަކުން ގަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރުމަށްވެސް އެ ވުޒާރާއިން ވަނީ އިރުޝާދު ދީފައެވެ.
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި
މާލޭ ޓެކްސީ ލައިންގެ ހިދުމަތް އިފުތިތާހުކޮށްފި