މިއަދު ކުރިޔަށްދިޔަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އިންތިހާބު ބޮޑުތަނުން އެމްޑީޕީން ކާމިޔާބުކޮށް ސަރުކާރު ބަލިކޮށްފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ރައީސް ނަޝީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުޅި ރާއްޖޭގެ ހުރިހާ ސިޓީތަކާއި، ގިނަ ރަށްރަށުގެ އިތުރުން ފެންނަ ނުފެންނަ ވޯޓުގައިވެސް ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނެފައިވާ ކަމަށެވެ.
އަދި މި އިންތިޚާބުގައި ވޯޓުލީ ހުރިހާ ފަރާތްތަކަށާއި ވާދަވެރިންނަށް އެމަނިކުފާނު ވަނީ މަރުހަބާ ވިދާޅުވެފައެވެ. އަދި ވަނީ ޑިމޮކްރެސީގެ ރީތި އުސޫލުތައް ދެމެހެއްޓުމަށް ބާރުއަޅުއްވާފައެވެ.
މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި، ހުރިހާ ސިޓީތަކެއްގެ މޭޔަރުގެ ގޮނޑިތައް އިދިކޮޅު އެމްޑީޕީގެ މޭޔަރު ކެންޑިޑޭޓުން ވަނީ ކާމިޔާބު ކުރައްވައިފައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ