މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުކަން މިހާރުވެސް އެ މަގާމުތައް ފުރުއްވަމުން ގެންދަވާ އިދިކޮޅު އެމްޑީޕީގެ މޭޔަރުންތައް ކާމިޔާބު ކުރައްވައިފިއެވެ.
ރާއްޖޭގައި ޖުމްލަ ފަސް ސިޓީއެއް އޮވެއެވެ. އެއީ މާލެ ސިޓީ އާއި އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އާއި ތިނަދޫ ސިޓީ އަދި ކުޅުދުއްފުށީ ސިޓީއެވެ. މި ހުރިހާ ސިޓީތަކެއްގެ މޭޔަރުންގެ މަގާމަށް އިންތިހާބުވެފައި ވަނީ މިހާރުވެސް އެ މަގާމުތަކުގައި ތިއްބެވި މޭޔަރުންނެވެ.
އެންމެ ވާންކޮށް ދިޔައީ ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރުގެ ގޮނޑިއެވެ. މިހާރުވެސް އެ މަގާމުގައި ހުންނެވި ސައުދު އަލީ އެ މަގާމަށް އިންތިހާބުވެފައި ވަނީ އޭނާއާ ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓާ މާބޮޑު ފަރަގެއް ނެތިއެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ