އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ރާއްޖޭގެ ފަސް ސިޓީ އިން ވެސް އަންހެނުން ކޮމެޓީގެ ރައީސާކަން އިދިކޮޅު އެމްޑީޕީ އަށް ލިބިއްޖެއެވެ.
ރާއްޖޭގައި ޖުމްލަ ފަސް ސިޓީއެއް އޮވެއެވެ. އެއީ މާލެ ސިޓީ އާއި އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އާއި ތިނަދޫ ސިޓީ އަދި ކުޅުދުއްފުށީ ސިޓީއެވެ. މި ހުރިހާ ސިޓީތަކެއްގެ މޭޔަރުންގެ މަގާމަށް އިންތިހާބުވެފައި ވަނީ މިހާރުވެސް އެ މަގާމުތަކުގައި ތިއްބެވި މޭޔަރުންނެވެ.
ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި މި ފަސް ސިޓީގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާކަން ވެސް ހޯދާފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.
އެގޮތުން މާލެ ސިޓީގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާކަން އައިޝަތު ރީޝާ ކާމިޔާބު ކުރެއްވިއިރު ފުވައްމުލަކު ސިޓީގެ އަންހެނުން ކޮމެޓީގެ ރައީސާކަން ހޯދާފައި ވަނީ މަރިޔަމް ޝިއުނާއެވެ. އައްޑޫ ސިޓީގެ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާކަން ފާތިމަތު ހިޖުރާ ކާމިޔާބު ކުރިއިރު ތިނަދޫ އިން އެ މަގާމަށް އިންތިހާބު ވެފައި ވަނީ މަރިޔަމް ޝަރޫނާއެވެ. ކުޅުދުއްފުށީން އެ މަގާމަށް އިންތިހާބުވެފައި ވަނީ އާމިނަތު އިބްރާހީމެވެ.
މޭޔަރުންގެ ގޮނޑިތަކާއި ސިޓީތަކުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާކަން އެމްޑީޕީން ހޯދިއިރު ސިޓީ ކައުންސިލްތަކުގެ މެޖޯރިޓީވެސް ހޯދީ އެމްޑީޕީންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ