ހަނގުރާމައާ ގުޅިގެން މަސްދަޅު އުފެއްދުމަށް ހިނގާ ހަރަދު ވަރަށް ބޮޑަށް މައްޗަށް ދިއުމާއި ގުޅިގެން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން އުފައްދާ ތެޔޮ މަސްދަޅުގެ އަގު މިއަދުން ފެށިގެން ބޮޑުކޮށްފިއެވެ.
މީގެކުރިން 17.30ރ އަށް ވިއްކަމުން އައި ތެޔޮ މަސްދަޅެއް މިހާރު މިފްކޯ އިން ވިއްކަމުން އަންނަނީ 18.30ރ އަށެވެ.
ފިހާރަތަކުން މިހާރު ތެޔޮ މަސްދަޅެއް ވިއްކަނީ 18ރ އާއި 19ރ އަށެވެ. އެހެންކަމުން ދެން މަސްދަޅެއްގެ އަގު 20ރ އަށް އަރާނެ ކަމަށް ބެލެވެއެވެ.
މީގެކުރިން މަސްދަޅު ކޭހެއް ވިއްކަމުން އައީ 760ރ އަށެވެ. އަގަށް މި އައި ބަދަލާއެކު މިހާރު ކޭހެއްގެ އަގު އުޅެނީ 800ރ އަށެވެ.
ހަނގުރާމައާ ގުޅިގެން އެ ކުންފުނީގެ ހަރަދުތައް ކުޑަ ކުރުމަށް މިއަދުން ފެށިގެން ކުންފުނީގެ ރަސްމީ ވަގުތު ވަނީ ކުރުކޮށްފައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ