ހަނގުރާމައާ ގުޅިގެން މަސްދަޅު އުފެއްދުމަށް ހިނގާ ހަރަދު ވަރަށް ބޮޑަށް މައްޗަށް ދިއުމާއި ގުޅިގެން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން އުފައްދާ ތެޔޮ މަސްދަޅުގެ އަގު ބޮޑު ކުރުމަށްފަހު އޭގެ އަގު އަނެއްކާވެސް ކުރީގެ އަގަށް ތިރިކޮށްފިއެވެ.
މީގެކުރިން 17.30ރ އަށް ވިއްކަމުން އައި ތެޔޮ މަސްދަޅެއް މިހާރު މިފްކޯ އިން ވިއްކަމުން އަންނަނީ 18.30ރ އަށެވެ.
ފިހާރަތަކުން މިހާރު ތެޔޮ މަސްދަޅެއް ވިއްކަނީ 18ރ އާއި 19ރ އަށެވެ. އެހެންކަމުން ދެން މަސްދަޅެއްގެ އަގު 20ރ އަށް އަރާނެ ކަމަށް ބެލެވެއެވެ.
މީގެކުރިން މަސްދަޅު ކޭހެއް ވިއްކަމުން އައީ 760ރ އަށެވެ. އަގަށް މި އައި ބަދަލާއެކު މިހާރު ކޭހެއްގެ އަގު އުޅެނީ 800ރ އަށެވެ.
އެހެންނަމަވެސް މިއަދު މިފްކޯ އިން ނިންމި އެ ނިންމުން ވަނީ ބަދަލުކޮށްފައެވެ. އެ ކުންފުނިން ބުނީ މިފްކޯއިން ބުނީ ރައްޔިތުންގެ ދިރިއުޅުމުގެ އަގަށް ރިޢާޔަތްކޮށް، މިރެއިން ފެށިގެން މިފްކޯގެ މަސްފިހާރަތަކުން ކުރިއެކޭވެސް އެއްގޮތަށް ތެޔޮމަސްދަޅެއް 17.50ރ. އަށް އަދި ތެޔޮމަސްދަޅު ކޭހެއް 760ރ. އަށް ލިބޭނެ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ