އިދިކޮޅު އެމްޑީޕީގެ ލީގަލް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު މައުރޫފް މިއަދު އެ މަގާމުން ވަކި ކުރައްވައިފިއެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ސޮއި ކުރައްވައި މައުރޫފަށް ފޮނުވި ސިޓީއެއްގައި ވަނީ ލީގަލް ޑިރެކްޓަރުގެ މަގާމުން މިއަދުން ފެށިގެން މައުރޫފް ވަކިކޮށްފައިވާ ކަމަށެވެ.
އެކަމުގެ ތަފްސީލެއް އެ ސިޓީގައި ހާމަކޮށްފައެއް ނުވެއެވެ. އިތުރަށް އެ ސިޓީގައި ބުނެފައި ވަނީ މަގާމުގައި ހުންނަވައިގެން ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އެމްޑީޕީގެ ލީގަލް ޑިރެކްޓަރު މައުރޫފް އެ މަގާމުން ވަކިކުރައްވާފައި މިވަނީ އެޕާޓީގެ އެތެރޭގައި ހިޔާލު ތަފާތުވުންތަކެއް އަނެއްކާވެސް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
މި ހިޔާލު ތަފާތުވުންތައް އައިސްފައި ވަނީ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުން އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރޭ އާޓްފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަދައްކަވަމުން ފުރުސަތު ނުދެއްވަން ނިންމި ހިސާބުންނެވެ.
އެއާއެކު ނަޝީދު ވަނީ ޖަލްސާ ވެސް ބޮއިކޮޓް ކުރައްވާފައެވެ. ނަމަވެސް ނަޝީދަށް ހާއްސަކޮށްފައިވާ ގޮނޑިއެއް އެ ޖަލްސާގައި ހުއްޓެވެ. އަދި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ވެސް ހާއްސަކޮށްފައިވާ ގޮނޑިއެއް ހުރި ނަމަވެސް ފައްޔާޒުވެސް އެ ޖަލްސާގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ.
ގިނަ ބަޔަކު ވޯޓުލުމުން ދޭހަވަނީ މުއައްސަސާތަކަށް ކުރާ އިތުބާރު
އެމްޑީޕީގެ ލީގަލް ޑިރެކްޓަރު މައުރޫފް މަގާމުން ވަކިކޮށްފި
ފަރުހާދު ރިޓަޔާކުރި ވާހަކައަކީ ދޮގެއް، މިހާރުވެސް ހުންނެވީ މަގާމުގައި
ފެން ކުންފުނީގެ ޑީއެމްޑީ ވެސް މަގާމުން ވަކިކޮށްފި
ހަނގުރާމައާ ގުޅިގެން ޕީޖީ އޮފީހުން ފިޔަވަޅުތަކެއް އަޅަން ނިންމައިފި
އެމްޕީއެލްގެ އެމްޑީ ރިޝްވާން މަގާމުން އިސްތިއުފާ ދެއްވައިފި