ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާއާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ އެތެރޭގައި ޖެހިފައިވާ މައްސަލަ ހައްލުވެފައިވާއިރު އެ މައްސަލަ ހައްލު ކުރުމަށް ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ކުރެއްވި މަސައްކަތަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ޝުކުރު އަދާކުރައްވަވައިފިއެވެ.
އެކްސްގައި މިއަދު ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީގެ އެތެރޭގައި ޖެހިފައިވާ މައްސަލަ ހައްލު ކުރުމަށް ފައްޔާޒު ކުރެއްވި މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމަށާއި އަދި އެ މަސައްކަތް ކާމިޔާބުމުން ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މަރުހަބާ ދަންނަވާ ކަމަށެވެ.
ޖެހިފައިވާ މައްސަލަ ހައްލުކޮށް ކުރިޔަށް ގެންދިއުމަށް މިރޭ އެމްޑީޕީ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ވެސް ވަނީ އެޖެންޑާ ކޮށްފައެވެ.
މިރޭ 21:00ގައި އޮންނަ އެ ބައްދަލުވުމުގެ އެޖެންޑާ އަކީ މިހާރު އުފެދިފައިވާ މައްސަލަތައް ހައްލު ކުރުމަށްޓަކައި ދެފަރާތުން އެއްބަސްވެފައިވާ ކަންތައްތަކެއް ގައުމީ މަޖިލީހަށް ހުށަހަޅާ ގޮތެއް ނިންމުމެވެ.
އެ ބައްދަލުވުމަކީ ސިއްރު ބައްދަލުވުމެއް ކަމަށްވެސް ގައުމީ މަޖިލީހުގެ މެންބަރުންނަށް އެޕާޓީން ފޮނުވާފައިވާ މެސެޖުގައި ބުނެފައިވެއެވެ.
އެމްޑީޕީގެ އެތެރޭގައި ހިޔާލު ތަފާތުވުންތައް އައިސްފައި ވަނީ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުން އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރޭ އާޓްފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަދައްކަވަމުން ފުރުސަތު ނުދެއްވަން ނިންމި ހިސާބުންނެވެ.
އެއާއެކު ނަޝީދު ވަނީ ޖަލްސާ ވެސް ބޮއިކޮޓް ކުރައްވާފައެވެ. ނަމަވެސް ނަޝީދަށް ހާއްސަކޮށްފައިވާ ގޮނޑިއެއް އެ ޖަލްސާގައި ހުއްޓެވެ. އަދި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ވެސް ހާއްސަކޮށްފައިވާ ގޮނޑިއެއް ހުރި ނަމަވެސް ފައްޔާޒުވެސް އެ ޖަލްސާގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ.
އެއަށްފަހު އެކިއެކި ބޭފުޅުން ބަހުގެ ހަމަލާތަކެއް ރައްދު ކުރިއެވެ. އަދި ދެން މަސައްކަތް ފެށީ އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) މަގާމުން ވަކިކުރުމުގެ މަސައްކަތެވެ.
އެގޮތުން 55 މެންބަރުންގެ ސޮއި ހޯދުމަށްފަހު އެ މައްސަލަ ވަނީ ހުށަހަޅައިފައެވެ. މައްސަލައަށް ގޮތެއް ނިންމުމަށް އަންނަ ހޯމަ ދުވަހު ގައުމީ މަޖިލިސް ޖަލްސާއެއް ވެސް ވަނީ ތާވަލުކޮށްފައެވެ.
ވޯޓު އެއްވަރުވި ކެންޑިޑޭޓުންގެ އިންތިހާބު އަންނަ ހޮނިހިރު ދުވަހު
މައްސަލަ ހައްލުކުރަން ފައްޔާޒުކުރި މަސައްކަތަށް ނަޝީދުގެ ޝުކުރު
މައްސަލަ ހައްލުކުރަން އެމްޑީޕީ ގައުމީ މަޖިލިސް ކުއްލި ބައްދަލުވުމެއް
އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރުން އަންނަ މަހު 17ގައި
އަޑިއަށްދިޔަ ބޯޓުން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ