މިމަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ބައެއް ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވެފައިވާ ކަމަށާއި އެފަރާތްތަކުގެ އިންތިހާބު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމުގެ ކުރިން ޕީއެސްއެމް މެދުވެރިކޮށް ޒާހިދު ޒާހިދު ދެއްވި ހިތާބެއްގައި ވިދާޅުވީ މިފަހަރުގެ އިންތިހާބަކީ ނިމިދިޔަ އިންތިހާބު ކުރިޔަށް ގެންގޮސްފައި ވަނީ ވަރަށް މިނިވަންކަމާއެކު އިންސާފުވެރިކަމާއެކު ކަމަށެވެ.
އޭނާ ވިދާޅުވީ އެ އިންތިހާބަކީ މިހާތަނަށް ކައުންސިލް އިންތިހާބެއްގައި އެންމެ ގިނަ އަދަދެއްގެ ބަޔަކު ވޯޓުލީ އިންތިހާބު ކަމަށެވެ. އެގޮތުން ވޯޓުލުމުގެ ހައްގު ލިބިފައިވާ 294،576 މީހުންގެ ތެރެއިން 215،346 މީހުން ވޯޓު ދީފައިވާ ކަމަށް ޒާހިދު ވިދާޅުވިއެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ބައެއް ކެންޑިޑޭޓުންގެ ވޯޓު ވަނީ އެއްވަރުވެފައެވެ. އެހެންކަމުން އިންތިހާބުގެ ދެވަނަ ބުރެއް އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް ވެސް އީސީގެ ރައީސް ޒާހިދު ވިދާޅުވިއެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ