އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތައް އެއްފަރާތް ކުރުމަށްފަހު ހުރިހާ ލީޑަރުން އެކުގައި މަސައްކަތް ކުރަން ފެށުމަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އިދިކޮޅު ޕާޓީއެއްގެ ހައިިސިއްޔަތުން އެމްޑީޕީން ކުރަމުން އަންނަ މަސައްކަތަށް ލިބިގެންދިޔަ އިތުރު ހިތްވަރެއް ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމަށްފަހު "ހަތާވީސް"އަށް ދެއްވި އިންޓަވިއުއެއްގައި ޝަމްހީދު ވިދާޅުވީ ވޭތުވެދިޔަ އިންތިހާބުތަކުން ވެސް ސާބިތުވެގެން ދިޔައީ އެކުގައި އެމްޑީޕީން މަސައްކަތް ކުރުމުން އިންތިހާބުތަކުން ރަނގަޅު ނަތީޖާތަކެއް ނެރުވުނުކަން ކަމަށެވެ.
ގައުމީ މަޖިލީހުން މިރޭ ނިންމި އެންމެ ބޮޑު ނިންމުމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ގައުމީ މަޖިލީހުން ފުރުސަތު ދޭން ނިންމުމެވެ. ޝަމްހީދު ފާހަގަކުރެއްވި ގޮތުގައި އެ ނިންމުމާއެކު ނަޝީދަށްވެސް ޕާޓީގެ އިސް ސަފުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
"އަޅުގަނޑުމެން ޕާޓީގެ ތެރޭގައި އިތުރަށް ގުޅުން ބަދަހިވެ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މިކުރާ މަސައްކަތުގައި އިތުރު ހިތްވަރެއް އަދި އިތުރު ބާރެއް ލިބިގެންދާނެހެން،" ޝަމްހީދު ވިދާޅުވިއެވެ.
ގައުމީ މަޖިލީހުގެ ބައްދަލުވުން ބާއްވާފައި ވަނީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ. މިރޭގެ ބައްދަލުވުމުގައި ނަޝީދަށް ގައުމީ މަޖިލީހުން ފުރުސަތު ދިނުމަށް ފާސްކުރީ ގައުމީ މަޖިލީހުގެ 61 މެންބަރުންގެ ވޯޓުންނެވެ.
ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާފައި މިވަނީ އެމްޑީޕީގެ އެތެރޭގައި ހިޔާލު ތަފާތުވުންތަކެއް އުފެދި އެ ހިޔާލު ތަފާތުވުންތައް ހައްލު ކުރެވުމާއި ގުޅިގެންނެވެ.
ގައުމީ މަޖިލީހުން ނަޝީދަށް ފުރުސަތު ދޭން ނިންމިއިރު ދާއިމީ ޗެއާޕާސަން އެއް އިންތިހާބުވަންދެން ހަ މެންބަރުންގެ އިންޓަރިމް ކޮމެޓީއެއް ނެގުމަށް ވެސް ވަނީ ފާސްކޮށްފައެވެ.
އުމްރާގެ އަޅުކަމަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި
މިއީ ސަރުކާރު ޖަވާބުދާރީ ކުރުމަށް ލިބުނު އިތުރު ހިތްވަރެއް: ޝަމްހީދު
ހިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް އެކުގައި މަސައްކަތް ކުރެވޭނެ
ރައީސް ނަޝީދަށް އެމްޑީޕީ ގައުމީ މަޖިލީހުން ފުރުސަތު ދީފި
ވޯޓު އެއްވަރުވި ކެންޑިޑޭޓުންގެ އިންތިހާބު އަންނަ ހޮނިހިރު ދުވަހު
މައްސަލަ ހައްލުކުރަން ފައްޔާޒުކުރި މަސައްކަތަށް ނަޝީދުގެ ޝުކުރު