ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަ މަސް ތެރޭގައި އަވަށްޓެރި ސްރީލަންކާ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެގައުމުގެ ނޫސްތަކުގައި ރިޕޯޓުކޮށްފިއެވެ.
އެމަނިކުފާނު ލަންކާ އަށް ކުރައްވާ ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ މަސްވެރިކަމުގެ ދާއިރާއިން އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމެވެ.
ސްރީލަންކާގެ މިނިސްޓްރީ އޮފް ފިޝަރީޒް، އެކުއަޓިކް އެންޑް އޯޝަން ރިސޯސަސްއާ ހަވާލާދީ ބުނެފައިވަނީ، ރައީސް މުއިއްޒުގެ ދަތުރުފުޅާ އެކުއެކީގައި ދެ ގައުމުގެ މަސްވެރިކަމުގެ ދާއިރާގެ އެއްބާރުލުން އިތުރުކުރެވޭނެ އައު ދާއިރާތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށެވެ.
ދެ ގައުމުގެ މަސްވެރިކަމުގެ ސިނާއަތުގެ ތަޖުރިބާ ހިއްސާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ރާއްޖޭގެ ތާޒާ މަހުގެ ވަސީލަތްތަކާއި ސްރީލަންކާގެ ތަރައްގީވެފައިވާ ދަޅުމަސް އުފައްދާ ސިނާއަތް ގުޅުވާލައިގެން ބާޒާރަށް އައު އުފެއްދުންތަކެއް ތަޢާރަފްކުރުމުގެ ފުރުސަތު އެބައޮތްކަން ލަންކާގެ މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ހާއްސަކޮށް، ސްރީލަންކާގައި މަސް ބަންދުކޮށް، ދިވެހި ބާޒާރަށް އަމާޒުކޮށްގެން "ވެލިއު އެޑެޑް" ނުވަތަ އަގު އެއްކުރެވިފައިވާ މަހުގެ އުފެއްދުންތައް ތައްޔާރުކުރުމަށް ދެ ފަރާތުން ބޮޑު ޝައުގުވެރިކަމެއް ފާޅުކުރެއްވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ