މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯގެ) ސީއީއޯގެ މަގާމުގައި ހުންނެވި ފަރުހަތު ޝަހީރު އެ މަގާމުން އިސްތިއުފާ ދެއްވަވައިފިއެވެ.
އޭނާ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ނޭނގެއެވެ. ނަމަވެސް ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ފަރުހަތު ވަނީ މިއީ އެ މަގާމުން އިސްތިއުފާ ދެއްވަން އެންމެ ރަނގަޅު ވަގުތު ކަމަށް ވިދާޅުވެފައެވެ.
ފަރުހަތު މަގާމުން އިސްތިއުފާ ދެއްވިއިރު މިމަހުގެ ހަވަނަ ދުވަހު މިފްކޯ އިން ވަނީ އެ ކުންފުނިން ވިއްކާ ތެޔޮ މަސްދަޅުގެ އަގު ބޮޑުކޮށްފައެވެ. ނަމަވެސް މާގިނަ ވަގުތުތަކެއް ނުވަނީސް އެ ނިންމުން ބަދަލުކޮށް ކުރިން ހުރި އަގަށް މަސްދަޅުގެ އަގު ބަދަލުކުރިއެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ މަސްދަޅުގެ އަގު މިފްކޯ އިން ބޮޑުކުރީ ސަރުކާރަށް އެކަން އެނގިގެން ނޫން ކަމަށް ވިދާޅުވެފައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ
ޢަލީ ޢާރިފުމެންގެ ދުއްތުރާ ބޮޑުވެގެންގޮސް ވާގޮތް މީ.
އިސްވަރު