ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަބްދުލް މަތީން އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން، ސަރުކާރުގެ ކުންފުނިތަކުގެ ހިންގުމަށް މިހާރު ދަނީ ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. މި ބަދަލުތަކުގެ ތެރެއިން ދެ ކުންފުންޏެއްގެ އިސްވެރިން މަގާމުން ވަކިކޮށްފައިވާއިރު، އިތުރު ދެ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުން ވަނީ އަމިއްލައަށް އިސްތިއުފާ ދެއްވާފައެވެ.
މީގެ އިތުރުން، މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފަރުހަތު ޝަހީރު ވެސް މިއަދު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
މަތީން އިސްތިއުފާ ދެއްވިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެހެންނަމަވެސް މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް މަތީން ހާމައެއް ނުކުރައްވައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ