ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ އިން ދައްކުވައިދިނީ ކޮން އެއްޗެއްތޯ ސަރުކާރުން ވިސްނާކަށް ބޭނުން ނުވާ ކަމަށާއި އަދިވެސް ސަރުކާރުގެ މެންބަރުންގެ ކިބައިން ފެންނަނީ ގޮތް ދޫ ނުކުރުމާއި ބޮޑާކަން ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހަޅާފައިވާ ބިމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ޝަމްހީދު ވިދާޅުވީ ގޮތް ދޫ ނުކޮށް މި ގައުމުގައި ހުރި މައްސަލަތަކަށް ހައްލެއް ނާންނާނެ ކަމަށެވެ.
ހުވަދޫ އަތޮޅުގެ މަސްވެރިން ތެޔޮ އަގުބޮޑުވުމުން މަހަށް ނުފުރިފައި ތިބިއިރު ރައްޔިތުން ކާނެ ގޮތެއް މިއަދު ނެތް ކަމަށް ޝަމްހީދު ވިދާޅުވިއެވެ. ނިމިދިޔަ އިންތިހާބުން ސަރުކާރަށް ރައްޔިތުން ބުނެދިނީ އެ ވާހަކަތައް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އިންތިހާބުން ބޮޑުތަނުން ސަރުކާރަށް ނޫނެކޭ ބުނުމުން ރައްޔިތުންނަށް ހައްލުކޮށް ރަނގަޅު ކޮށްދިނީ ކޮންކަމެއްތޯ ޝަމްހީދު ވަނީ ސުވާލު ކުރައްވައިފައެވެ.
"އެބަޖެހޭ ގޮތް ދޫކުރަން. ގޮތް ދޫނުކޮށް މި ގައުމުގައި ހުރި މައްސަލަތަކަށް ހައްލެއް ނާންނާނެ. މި ގައުމުގައި ހުރި މައްސަލަތައް މިހުރީ ފެންނަން،" ޝަމްހީދު ވިދާޅުވިއެވެ.
ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން ސަރުކާރަށް ކަންކަމުގައި ދޭންޖެހޭ އެއްބާރުލުން އެމްޑީޕީން ސަރުކާރަށް ދޭނެ ކަމަށްވެސް ޝަމްހީދުގެ ވާހަކަފުގައި ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ