ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަބްދުالله ހަލީލް އެ މަގާމުން ވަކި ކުރައްވައިފިއެވެ.
ހަލީލް މަގާމުން ވަކިކުރެއްވީތޯ ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދާ "ހަތާވީސް" އިން ސުވާލު ކުރެއްވުމުން އަދި ޖަވާބެއް ނުދެއްވައެވެ. ނަމަވެސް ހަލީލް ވަކިކުރެއްވިކަން ބައެއް އެހެން މީޑިއާތަކަށް ރައީސް އޮފީހުން ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ.
އެކަމަކު ހަލީލް އެ މަގާމުން ވަކިކުރެއްވި ސަބަބެއް ނޭނގެއެވެ. ހަލީލަކީ މި ސަރުކާރުން އެންމެ ފުރަތަމަ ހެލްތު މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި ބޭފުޅާއެވެ.
އޭނާ އަކީ މީގެކުރިން ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރުކަން ވެސް ކުރައްވަވައިފައެވެ.
މިމަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި ބޮޑު ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ނެގި ވޯޓުތަކުން ސަރުކާރު ބޭނުންވި ކާމިޔާބީއެއް ނުލިބުނެއެވެ.
އެއާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ރައްޔިތުން އެދޭ ގޮތަށް ސަރުކާރުގެ ކަންކަން ބަދަލުކުރައްވަމުން ގެންދަވާނެ ކަމަށެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ