ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ފަސް ވަޒީރަކު މަގާމުން އިސްތިއުފާ ދެއްވަވައިފިއެވެ.
މި ފަސް ވަޒީރުން މަގާމުން އިސްތިއުފާ ދެއްވިކަން ރައީސް އޮފީހުން ވަނީ ބައެއް މީޑިއާތަކަށް ކަށަވަރު ކޮށްދީފައެވެ. މި ފަސް ވަޒީރުން އިސްތިއުފާ ދެއްވިއިރު ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވަނީ މަގާމުން ވަކިކުރައްވައިފައެވެ.
އިސްތިއުފާ ދެއްވި ވަޒީރުން:
- ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން
- ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް
- އެނިމަލް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ
- ސިޓީތަކާއި ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް
- ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު)
މިމަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި ބޮޑު ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ނެގި ވޯޓުތަކުން ސަރުކާރު ބޭނުންވި ކާމިޔާބީއެއް ނުލިބުނެއެވެ.
އެއާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ރައްޔިތުން އެދޭ ގޮތަށް ސަރުކާރުގެ ކަންކަން ބަދަލުކުރައްވަމުން ގެންދަވާނެ ކަމަށެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ