ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި ތާރިގް އިބްރާހީމް މަގާމުން އިސްތިއުފާ ދެއްވަވައިފިއެވެ.
އޭނާ މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު މިއީ މިއަދު މަގާމުން އިސްތިއުފާ ދެއްވި ހަވަނަ މިނިސްޓަރެވެ. އޭނާ ވެސް އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއް ނުކުރެއެވެ.
އިސްތިއުފާ ދެއްވި އެހެން ވަޒީރުން:
- ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން
- ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް
- އެނިމަލް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ
- ސިޓީތަކާއި ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް
- ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު)
މި ވަޒީރުން އިސްތިއުފާ ދެއްވިއިރު ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވަނީ މަގާމުން ވަކި ކުރައްވައިފައެވެ.
މިމަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި ބޮޑު ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ނެގި ވޯޓުތަކުން ސަރުކާރު ބޭނުންވި ކާމިޔާބީއެއް ނުލިބުނެއެވެ.
އެއާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ރައްޔިތުން އެދޭ ގޮތަށް ސަރުކާރުގެ ކަންކަން ބަދަލުކުރައްވަމުން ގެންދަވާނެ ކަމަށެވެ.
އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށް ނަޝީދު ގޮވާލައްވައިފި
ވަޒީރުން އިސްތިއުފާ ދެއްވީ ރައީސް ގެންނަވާ ބަދަލުތަކަށް ފުރުސަތު ދޭން
10 ވަޒީރުންގެ އިސްތިއުފާ ރައީސް ގަބޫލުކުރައްވައިފި
ރިޔާސީ ބަޔާނަށް އިދިކޮޅުގެ ޖަވާބު: މިވަރުގެ ނާގާބިލް ވެރިކަމެއް ނާދޭ
ކެބިނެޓުން އިސްތިއުފާ ދެއްވި ވަޒީރުންގެ އަދަދު 9އަށް
ޓޫރިޒަމް މިނިސްޓަރު ތޯރިގް ވެސް އިސްތިއުފާ ދެއްވައިފި