މިވަރުގެ ނާގާބިލް ވެރިކަމެއް އަދި ނާންނަ ކަމަށް ބުނެ މިއަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނަށް އިދިކޮޅު އެމްޑީޕީން ރައްދު ދީފިއެވެ.
ރައްޔިތުންގެ މަޖިލީހަށް މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ރައީސް މުއިއްޒު އިއްވެވި ރިޔާސީ ބަޔާނަށް މަޖިލިހުގެ މައިނޯރިޓީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވީ 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނަކީ 2024 ވަނަ އަހަރު، 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގެ ކުލަ ނެތް ކޮޕީއެއް ކަމަށެވެ.
"ކުލަ ނެތް ކޮޕީއެއް ކަމަށް މި ދަންނަވަނީ ފާއިތުވި ދެ އަހަރު މި މަޖިލީހުގައި ތިޔަ މެމްބަރުންގެ ކުރިފުޅުމަތީގައި އަދި މުޅި ރައްޔިތުންގެ ކުރިފުޅުމަތީގައި ރައްޔިތުންނަށް އަޑު އިވޭނޭހެން ވިދާޅުވި ހުވަފެނީ ވާހަކަތައް އެހެން ގޮތަކަށް ބަދަލުކޮށްގެން އަނެއްކާވެސް މިއޮތީ މި މަޖިލީހަށް އަޑުއިއްވާފައި،" ނާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރިޔާސީ ބަޔާނުގައި ގައުމުގެ ހާލަތު ރައީސް މުއިއްޒު ބަޔާން ކުރައްވާފައި ނުވާ ކަމަށެވެ. ސަރުކާރުން ކުރަން ބުނި އެތައް ކަމަކަށް އާ ތާރީހުތަކެއް ދީފައިވާ ކަމަށާއި ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަކީ ކޮބައިކަން ހާމަކޮށްފައި ނުވާ ކަމަށްވެސް ނާޒިލް ވިދާޅުވިއެވެ.
"ކުރައްވާނެ ކަމަށް ވިދާޅުވި އެއްވެސް ކަމެއް ނުކުރޭ. އާ ތާރީހުތަކެއް ދެއްވި، އާ ހުވަފެންތަކެއް ދެއްވި. ގައުމުގައި ހުރި ބޮޑެތި މައްސަލަތަކުގެ ވާހަކަ، އެކަންކަން ރަނގަޅުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ބުނެދީފައެއް ނުވޭ." ނާޒިލް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ