ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން މިއަދު އިސްތިއުފާ ދެއްވި 10 ވަޒީރުންގެ އިސްތިއުފާ އެމަނިކުފާނު ގަބޫލުކުރައްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެގޮތުން، ކެބިނެޓްގެ 10 ވަޒީރަކު މިއަދު އިސްތިއުފާ ހުށަހަޅުއްވާފައިވާތީ އެ ބޭފުޅުންގެ އިސްތިއުފާ ރައީސުލްޖުމްހޫރިއްޔާ ގަބޫލުފުޅު ކުރައްވާފައިވާ ކަމަށެވެ.
"މިއަދު އިސްތިއުފާދެއްވި 10 ވަޒީރުން މި ވޭތުވެދިޔަ މުއްދަތުގައި ކޮށްދެއްވި ހިދުމަތުގެ އަގު ވަޒަންކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ،" ރައީސް އޮފީހުން ބުންޏެވެ.
އިސްތިއުފާ ދެއްވި ވަޒީރުން:
- ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް
- ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން
- ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް
- އެނިމަލް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ
- ސިޓީތަކާއި ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް
- ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު)
- ޖެންޑާ މިނިސްޓަރު އައިޝަތު ޝިހާމް
- އެންވަޔަރަމަންޓް އެންޑް ޓޫރިޒަމް މިނިސްޓަރު ތާރިގް އިބްރާހީމް
- ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު
- ދިވެހި ބަހުގެ މިނިސްޓަރު އާދަމް ނަސީރު
މިމަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި ބޮޑު ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ނެގި ވޯޓުތަކުން ސަރުކާރު ބޭނުންވި ކާމިޔާބީއެއް ނުލިބުނެއެވެ.
އެއާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ރައްޔިތުން އެދޭ ގޮތަށް ސަރުކާރުގެ ކަންކަން ބަދަލުކުރައްވަމުން ގެންދަވާނެ ކަމަށެވެ.
ރައީސް މުއިއްޒުގެ ކެބިނެޓު 15އަށް މަދުކޮށްފި
އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށް ނަޝީދު ގޮވާލައްވައިފި
ވަޒީރުން އިސްތިއުފާ ދެއްވީ ރައީސް ގެންނަވާ ބަދަލުތަކަށް ފުރުސަތު ދޭން
10 ވަޒީރުންގެ އިސްތިއުފާ ރައީސް ގަބޫލުކުރައްވައިފި
ރިޔާސީ ބަޔާނަށް އިދިކޮޅުގެ ޖަވާބު: މިވަރުގެ ނާގާބިލް ވެރިކަމެއް ނާދޭ
ކެބިނެޓުން އިސްތިއުފާ ދެއްވި ވަޒީރުންގެ އަދަދު 9އަށް