ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓު 20 އިން 15 އަަށް މަދުކޮށް އައު ކެބިނެޓު މިރޭ ހުވާ ކުރައްވައިފިއެވެ.
މި ބަދަލުތައް ގެނެސްފައި މިވަނީ ކުއްލި ގޮތަކަށް ރައީސް މުއިއްޒުގެ ކެބިނެޓުގެ 10 ވަޒީރުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އެ ވަޒީރުން އިސްތިއުފާ ދެއްވާފައި މިވަނީ، ރައީސް މުއިއްޒު ގެންނަވަން ނިންމަވާފައިވާ ބަދަލުތަކަށް ފުރުސަތު ދިނުމަށް ކަމަށް ރައީސް އޮފީހުން މިއަދު ހާމަކޮށްފައިވެއެވެ.
ރައީސް އޮފީހުގައި މިރޭ އިރާކޮޅު ބޭއްވި ރަސްމިއްޔާތެއްގައި އައު ކެބިނެޓު ހުވާ ކުރުމުގެ ރަސްމިއްޔާތު ވަނީ ބާއްވައިފައެވެ. އަލަށް ހުވާކުރެއްވި ބޭފުޅުންގެ ތެރޭގައި މުޅިން އަލަށް ކެބިނެޓުގައި ހިމެނިވަޑައިގެންނެވި ބޭފުޅުން އެބަ ތިއްބެވިއެވެ.
މިރޭ ހުވާކުރެއްވި ވަޒީރުން:
- ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް މިނިސްޓަރަކަށް މޫސާ ޒަމީރު
- ހޯމްލޭންޑް، ސެކިއުރިޓީ ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރަކަށް އަލީ އިހްސާން
- ފޮރިން މިނިސްޓަރަކަށް އިރުތިޝާމް އާދަމް
- ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރަކަށް ގީލާ އަލީ
- އިކޮނޮމިކް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރަކަށް މުހައްމަދު ސައީދު
- އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް މިނިސްޓަރަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- ޓުއަރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރަކަށް މުހައްމަދު އަމީން
- އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރަކަށް ހީނާ ވަލީދު
- އިންފްރާސްޓްރަކްޗާ، އާބަން އެންޑް ހައުސިން ޑިވެލޮޕްމަންޓް މިނިސްޓަރަކަށް ޑރ. އަބްދުﷲ މުއްތަލިބް
- ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރަކަށް އަލީ ޝަރީފް
- އެޑިއުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރަކަށް ޑރ. އިސްމާއިލް ޝަފީއު
- ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރަކަށް އަބްދުﷲ ރާފިއު
ރައީސްގެ ކެބިނެޓު 20 އިން 15 އަށް މަދުވެފައި މިވަނީ ގިނަ މިނިސްޓްރީތަކެއް އެއްކޮށްލުމުންނެވެ.
އިސްތިއުފާ ދެއްވި ވަޒީރުން:
- ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް
- ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން
- ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް
- އެނިމަލް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ
- ސިޓީތަކާއި ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް
- ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު)
- ޖެންޑާ މިނިސްޓަރު އައިޝަތު ޝިހާމް
- އެންވަޔަރަމަންޓް އެންޑް ޓޫރިޒަމް މިނިސްޓަރު ތާރިގް އިބްރާހީމް
- ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު
- ދިވެހި ބަހުގެ މިނިސްޓަރު އާދަމް ނަސީރު
މިމަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި ބޮޑު ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ނެގި ވޯޓުތަކުން ސަރުކާރު ބޭނުންވި ކާމިޔާބީއެއް ނުލިބުނެއެވެ.
އެއާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ރައްޔިތުން އެދޭ ގޮތަށް ސަރުކާރުގެ ކަންކަން ބަދަލުކުރައްވަމުން ގެންދަވާނެ ކަމަށެވެ.
ރައީސް މުއިއްޒުގެ ކެބިނެޓު 15އަށް މަދުކޮށްފި
އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށް ނަޝީދު ގޮވާލައްވައިފި
ވަޒީރުން އިސްތިއުފާ ދެއްވީ ރައީސް ގެންނަވާ ބަދަލުތަކަށް ފުރުސަތު ދޭން
10 ވަޒީރުންގެ އިސްތިއުފާ ރައީސް ގަބޫލުކުރައްވައިފި
ރިޔާސީ ބަޔާނަށް އިދިކޮޅުގެ ޖަވާބު: މިވަރުގެ ނާގާބިލް ވެރިކަމެއް ނާދޭ
ކެބިނެޓުން އިސްތިއުފާ ދެއްވި ވަޒީރުންގެ އަދަދު 9އަށް