ދަނޑުވެރިކަމާއި މަސްވެރިކަމުގެ މިނިސްޓްރީ އެއްކޮށްލައި، މިނިސްޓަރަކަށް އަހްމަދު ޝިޔާމް އައްޔަން ކުރައްވައިފިއެވެ.
އެ ދެ މިނިސްޓްރީ އެއްކޮށްލައި މިނިސްޓަރަކަށް ޝިޔާމް އައްޔަން ކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޝިޔާމަށް މަގާމުގެ ލިޔުން ހަވާލުކުރައްވައިފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓު 20 އިން 15 އަަށް މަދުކޮށް އައު ކެބިނެޓު ރޭ ވަނީ ހުވާ ކުރައްވައިފިއެވެ.
މި ބަދަލުތައް ގެނެސްފައި މިވަނީ ކުއްލި ގޮތަކަށް ރައީސް މުއިއްޒުގެ ކެބިނެޓުގެ 10 ވަޒީރުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އެ ވަޒީރުން އިސްތިއުފާ ދެއްވާފައި މިވަނީ، ރައީސް މުއިއްޒު ގެންނަވަން ނިންމަވާފައިވާ ބަދަލުތަކަށް ފުރުސަތު ދިނުމަށް ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައިވެއެވެ.
އަލަށް ހުވާކުރެއްވި ބޭފުޅުންގެ ތެރޭގައި މުޅިން އަލަށް ކެބިނެޓުގައި ހިމެނިވަޑައިގެންނެވި ބޭފުޅުން އެބަ ތިއްބެވިއެވެ.
މިމަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި ބޮޑު ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ނެގި ވޯޓުތަކުން ސަރުކާރު ބޭނުންވި ކާމިޔާބީއެއް ނުލިބުނެއެވެ.
އެއާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ރައްޔިތުން އެދޭ ގޮތަށް ސަރުކާރުގެ ކަންކަން ބަދަލުކުރައްވަމުން ގެންދަވާނެ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ