އިދިކޮޅު އެމްޑީޕީން މިރޭ މާލޭގައި ކުރިޔަށް ގެންދިޔަ މުޒާހަރާ އިން އެޕާޓީ ޔޫތު ވިންގުގެ ނާއިބު ރައީސް މައިމޫން ހައްޔަރުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މައިމޫން ހައްޔަރުކުރީ ޗާންދަނީ މަގު އަމީނިއްޔާ ސްކޫލު ކުރިމަތިންނެވެ.
އޭނާ ހައްޔަރުކުރީ އެމްޑީޕީގެ މުޒާހަރާ އަށް ފުލުހުން ހުރަސް އެޅުމުން ހިނގި ދެބަސްވުމާއި ހަމަނުޖެހުމެއްގެ ތެރެއިން ކަމަށްވެއެވެ.
އެމްޑީޕީން ވަނީ ސަރުކާރުން މިހާރުން މިހާރަށް އިސްލާހުކުރަންޖެހޭ މުހިންމު ކަންތައްތަކެއް ބަޔާންކޮށް، އެ ކަންކަމަށް ގޮވާލައި މަގުމައްޗަށް ނުކުމެ އިހުތިޖާޖު ކުރަން ފަށައިފައެވެ.
އެ ގަރާރުގައި، ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ ބާރުވެރިކަން އިތުރުކުރުމާއި، ކޮރަޕްޝަން ހުއްޓުވުމާއި، އަދި ސިޔާސީ މަގާމުތަކުގެ ތަފްސީލު ހާމަކުރުން ފަދަ 10 މައިގަނޑު ކަމެއް އިސްލާހުކުރަން ސަރުކާރަށް ވަނީ ހުށަހަޅާފައެވެ.
މީގެ އިތުރުން، ބިޑަކާ ނުލައި މަޝްރޫއުތައް ހަވާލުކުރުން ހުއްޓާލުމަށާއި، ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދިނުމަށާއި، އަދި ޝަރުއީ ދާއިރާ އިސްލާހުކޮށް ޖޭއެސްސީގެ މިނިވަންކަން ކަށަވަރުކުރުމަށްވެސް އެމްޑީޕީން ވަނީ ބާރުއަޅާފައެވެ.
މަސްވެރިންނަށް ތެލުގެ ސަބްސިޑީ ދިނުމާއި، ތިމާވެއްޓަށް ގެއްލުންވާ މަޝްރޫއުތައް ހުއްޓާލައި އީޕީއޭއަށް ފުރިހަމަ ބާރު ދިނުމަކީވެސް މި ގަރާރުގައި ހިމެނޭ މުހިންމު ނުކުތާތަކެވެ. އަދި ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގައި ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން ހިމެނޭނެ ނިޒާމެއް ބައްޓަންކުރުމަށްވެސް ވަނީ ގޮވާލާފައެވެ.
އަނެއްކާވެސް މަޝްވަރާއަށް ނަޝީދު ގޮވާލައިފި
ރާއްޖެ-އިންޑިއާ ވިޔަފާރިއާ ބެހޭ ކައުންސިލެއް އުފައްދަނީ
އިމާރާތްކުރުމުގެ ދާއިރާއަށް ދިމާވާ ދަތިތަކާއި ގުޅިގެން މަޝްވަރާކޮށްފި
ކެމްޕެއިންތަކާއި ގުޅިގެން ވަޒީފާއެއް ދެން ނުދޭނަން: ރައީސް
ޑީޖޭއޭ ޖޭއެސްސީގެ ދަށުގައި އޮތް އޮތުން ބަދަލުކުރަނީ