ރާއްޖޭގައި މިހާރު ކުރިޔަށްދާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަސައްކަތް ކަމަށްވާ "ތިލަމާލެ ބްރިޖު" މަޝްރޫއުގެ ބޮޑުބައެއް ނިމިއްޖެއެވެ.
ހައުސިން މިނިސްޓްރީން "ހަތާވީސް" އަށް މިއަދު ހިއްސާކުރި މައުލޫމާތުގައިވާ ގޮތުގައި ތިލަމާލެ ބްރިޖް މަޝްރޫއުގެ 71.60 ޕަސެންޓު މަސައްކަތް ވަނީ މިހާތަނަށް ނިމިފައެވެ.
ބްރިޖުގެ މަސައްކަތް ކުރަމުން އަންނަ ސައިޓުގައި މިހާރު މައިގަނޑު ގޮތެއްގައި ކުރެވެމުންދަނީ ބްރިކް ޑެކްއަށް ބޭނުންވާ ސެގްމަންޓްތައް ކާސްޓްކުރުމާއި، ސެގްމަންޓްތައް އިންސްޓޯލްކުރުމުގެ މަސައްކަތެވެ.
ބްރިޖް ޑެކްއަށް ބޭނުންވާ 1222 ސެގްމަންޓްސްގެ ތެރެއިން މިހާތަނަށް 84 ޕަސެންޓު ސެގްމަންޓްސް ކާސްޓްކޮށް ވަނީ ނިމިފައެވެ. އަދި 54 ޕަސެންޓު ސެގްމަންޓްސް އިންސްޓޯލްކޮށް ވަނީ ނިމިފައެވެ.
ހައުސިން އިން ބުނީ ގުޅިފަޅުގައި މިވަގުތު ކުރިއަށްދަނީ ބްރިޖާއި ގުޅިގެން ހެދުމަށް ހަމަޖެހިފައިވާ މަގު ހެދުމުގެ މަސައްކަތް ކަމަށެވެ. އަދި ތިލަފުށީގައި މިވަގުތު ކުރިއަށްދަނީ ބްރިޖާއި ގުޅިގެން ތިލަފުށީގައި ޖެހުމަށް ހަމަޖެހިފައިވާ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތާއި ކަލްވާޓްސް ހަރުކުރުމުގެ މަސައްކަތްތައް ކަމަށްވެސް ހައުސިން އިން ބުންޏެވެ.
ހައެއް ޕޮއިންޓު ހަތަރެއް ހަތެއް ކިލޯ މީޓަރު ދިގު ބްރިޖް އަދި ކޯސްވޭ އިން މާލެ އާއި ވިލިނގިލި ،ތިލަފުށި އަދި ގުޅީފަޅު ގުޅާނާލެއެވެ. 100 މިލިއަން ޑޮލަރުގެ ގްރާންޓް އަދި 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މި ޕްރޮޗެކްޓް އަކީ ރާއްޖޭގައި މިހާރު ކުރިއަށް ގެންދާ އެންމެ ބޮޑު މަޝްރޫއުއެވެ.
ހައެއް ޕޮއިންޓު ހަތެއް ކިލޯ މީޓަރު ދިގު މި ބްރިޖް/ކޯސްވޭ ލިންކްގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުންފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއާޑަކްޓް، އަދި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރު މެރިން ވިއާޑަކްޓް، އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގުހިމެނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ