ރާއްޖޭގައި މިހާރު ކުރިޔަށް ގެންދާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ "ތިލަމާލެ" ބްރިޖުގެ މަސައްކަތް ކުރިޔަށް ދަނީ ކުރެހުމާއި އެއްގޮތަށް ކަމަށް އެ މަސައްކަތް ކުރިޔަށް ގެންދާ އެފްކޮންސް އިން ބުނެފިއެވެ.
އެފްކޮންސް އިން މިފަދައިން ބުނެފައި ވަނީ އެކްސްގައި މިލްހާ ޖުނައިދު ނަމަކަށް ކިޔާ މީހަކު ކޮށްފައިވާ ޕޯސްޓަކާއި ގުޅިގެންނެވެ. ބްރިޖުގެ ފޮޓޯއަކާއެކު އޭނާ ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ބްރިޖުގެ މަސައްކަތް ފެއިލްވީތޯ ސުވާލު އުފައްދައިފައެވެ. އަދި ބުނެފައި ވަނީ ހިސާބުތައް ދިމާނުވީ ކަމަށް ވެދާނެ ކަމަށެވެ.
އެފްކޮންސްގެ ރަސްމީ އެކްސް އެކައުންޓުން ވަނީ އެ ޕޯސްޓަށް ޖަވާބު ދީފައެވެ.
އެ ޕޯސްޓުގައި ބުނީ ތިމަލާމެ ބްރިޖުގެ މަސައްކަތް ކުރިޔަށް ދަނީ ކުރެހުންތަކާއި އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ. އަދި ކުރިޔަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ބްރިޖު ގުޅިގެންދާ މަންޒަރުވެސް ފެނިގެން ދާނެ ކަމަށް އެފްކޮންސް އިން ބުންޏެވެ.
އެފްކޮންސްގެ ޕޯސްޓުގައި ބުނެފައި ވަނީ މިލްހާގެ ޕޯސްޓަކީ ނުބައި ތަސައްވަރެއް އުފެދޭ ގޮތަށް ކޮށްފައިވާ ޕޯސްޓެއް ކަމަށެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ