ސަރުކާރުގެ ހިންގުމުގެ ވެރިޔަކަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ގެނައުމަށް ތާއިދު ކުރައްވާ ކަމަށާއި ރާއްޖެއަށް ބޮޑެތި ބަދަލުތައް ގެނައުމަށް ފަށާ މަސައްކަތުގައި އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަ ކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އެހެން ވިދާޅުވީ ފައްޔާޒާ އެކު މިއަދު ހަވީރު ބޭއްވި ޕްރެސް ކޮނަފަރެންސެއްގައެވެ.
އެ ބައްދަލުވުމުގައި ފައްޔާޒު ވަނީ ގާނޫނުއަސާސީއަށް ގެންނަން ހުށަހަޅާ ބަދަލުތައް ޕްރެޒެންޓޭޝަނެއްގެ ގޮތުގައި ހުށަހަޅުއްވާފައެވެ. އޭނާ ވިދާޅުވީ ގާނޫނުއަސާސީ ތަފްސީލުކުރަންޖެހޭ ކަމަށާއި މިނިވަން މުއައްސަސާތައް ޒިންމާދާރުކުރުވުމަށް އޯވަސައިޓް ކޮމިޝަނެއް އުފައްދަންޖެހޭ ކަމަށެވެ.
އެ ކޮމިޝަނަށް މެމްބަރުން އައްޔަން ކުރާނީ މަޖިލީހުން ކަމަށާއި އެ މީހުން ވަކިކުރެވޭނީ ރައްޔިތުންގެ ސީދާ ވޯޓަކުން ކަމަށެވެ. މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަށް ރައްޔިތުންގެ އާންމު ވޯޓެއް ނަގަންޖެހޭ ގޮތަށް ހުށަހަޅާފައިވެއެވެ.
ގާނޫނޫއަސާސީއަށް ގެންނަން ފެންނަ ބަދަލުތައް:
- ދައުލަތުގެ ވެރިޔާ އާއި ސަރުކާރުގެ ވެރިޔަކީ ދެ މަގާމަކަށް ހެދުން
- ސަރުކަރު ހިންގާ ވެރިޔާ ރައްޔިތުންގެ ވޯޓަކުން އިންތިހާބުކުރުން
- ދައުލަތުގެ ވެރިޔާ އިންތިހާބުކުރާނީ ކައުންސިލަރުންނާއި މަޖިލިސް މެމްބަރުންގެ ވޯޓުން
- މަޖިލީހަށް މެމްބަރުން އިންތިހާބު ކުރާނީ ދާއިރާތަކުގެ ބަދަލުގައި މަޖިލީހަކުން
- ދާއިރާތަކުގެ ބަދަލުގައި ގައުމީ މެމްބަރުން ފުރުސަތު ދިނުން
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ
މިވެސް އައު ފަންޑިތައެއް. ކިހާވަރަކުން ދާނެބާއޭ ހިތަށްއަރާ! މިކަހަލަ އެތައް ފަންޑިތައެއް ހެދިއްޖެ. ރަމަތަނުވެ ނިމިދިޔައީ.
ހުސްދޮގު