ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ބެލުމުގެ ދަށުގައި ޑިޕާޓުމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އޮތް އޮތުން ބަދަލުކޮށް، ޖުޑީޝަލް ކައުންސިލް އެކުލަވާލުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.
ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހަކު ރައީސް މުއިއްޒު ނޫސްވެރިންނާއެކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ ކުރީ ސަރުކާރުން ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން ރައީސް ފާހަގަކުރެއްވި އެއް ކަމަކީ ޖުޑީޝަލް އެޑްމިނިސްޓްރޭޓިވްގެ ބާރުތައް ޖޭއެސްސީގެ ދަށަށް ބަދަލު ކުރުމެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ ޖޭއެސްސީގެ ކޮންޓްރޯލްގެ ދަށުގައި ޑީޖޭއޭ އޮންނަ އޮތުމަށް އިސްލާހު ގެނައުމަށް ކަމަށެވެ.
"އެންމެ ފުރަތަމަ ޖުޑިޝަރީ ގާނޫނު އޮތްއިރުގައި ކޯޓުތަކާ ބެހޭ ގާނޫނުގައި އޮތް ގޮތަށް ބަދަލުކުރަން ވިސްނުން ހުރީ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 2011ވަނަ އަހަރާއި ޖެހެންދެން ޖުޑީޝަލް ކައުންސިލެއް އޮތް ކަމަށެވެ. އެ ކައުންސިލަކީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނާއި ހައި ކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިސްފަނޑިޔާރުން ހިމެނޭހެން އޮންނަ ކައުންސިލެކެވެ.
ޖުޑީޝަލް ކައުންސިލް އަލުން އެކުލަވައިލުމަށްޓަކައު ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ
ތިވެސް އޮންނަޖެހޭ ތަނެއް ނޭގުނު. އެކިފަހަރު އެކިތަނުގައި ބޭއްވުމުގެ ބަދަލުގައި އުވާލަންވީނުން! އުވާލާފަ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އެންމެ އިސް ފަރާތަށް އަންގަންވީނުން ކަލޭމެންގެ އިދާރީކަންކަން ކަލޭމެން ހަމަޖައްސާށޭ. ތިމަންނަމެން އެއަށް އަތްބާނައިގެން ހާވާކަށް ބޭނުމެއްނޫނޭ. އޭރުން ނިމުނީ.
ނުސިޔާނު