އެކި އެކި ކެމްޕެއިންތަކާއި ގުޅިގެން ވަޒީފާތައް ދިނުމަކީ ރައްޔިތުން ރުހޭ ކަމަކަށް ނުވާތީ ދެން އެކަމެއް ނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ސިޔާސީ ބޭނުމަކަށް ނުވަތަ ކެމްޕެއިނަކާ ގުޅިގެން މީހުންނަށް ވަޒީފާ ދިނުމުގެ ސަގާފަތް ހުއްޓާލަން ރައްޔިތުން ބޭނުންވާކަން ނިމިދިޔަ ކައުންސިލް އިންތިހާބުގެ ނަތީޖާއިން ސާފުވެފައިވާ ކަމަށެވެ.
އަދި ވަޒީފާ ދިނުން އެއީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުން ހުއްޓާލަންވީ ވަގުތު ޖެހިއްޖެ ކަމަށް ރައްޔިތުން ބުނެފައިވާ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ވަޒީފާތައް ދޭނީ ކަނޑައަޅާފައި އޮންނަ އުސޫލުގެ ތެރެއިން ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަ ވުމުން ކަމަށެވެ.
"މީހާގެ ސީވީއަށް ބަލައިގެން މެރިޓް ބޭސްޑްކޮށް ނޫނިއްޔާ ދެން އެއްވެސް އެސްއޯއީއަކުން ވެސް މިނިސްޓްރީއަކުން ވެސް މުވައްޒަފަކު ނަގައިގެން ނުވާނެ. އެ އުސޫލު ދެން މި ސަރުކާރުން ކުރިއަށް ގެންދާނީ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ގަވާއިދާ ހިލާފަށް އެއްވެސް މީހަކަށް ވަޒީފާ ދީފައިވާ ނަމަ، އެ ވަޒީފާއެއް ދިން މީހަކު ވަޒީފާއިން ވަކިކުރަން ވެސް މިހާރު އިދާރާތަކަށް އަންގާފައިވާނެ ކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ