މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު މިއަދު އެމްޑީޕީއަށް ޖޯކު ޖައްސަވަމުން އެ ގެންދަވަނީ، މީގެކުރިން އެބޭފުޅާ ވެސް ތާއީދުކޮށް ވާހަކަދެއްކެވި ކަންކަމަށް ކަމަށް ވިދާޅުވެ، ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ފާޑު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ މެންބަރު ޒަރީރު މިއަދުގެ ޖަލްސާގައި ވެރިކަމުގައި އެމްޑީޕީ އޮތްއިރު ކަންކަން ރަނގަޅު ނުކުރީ ކީއްވެތޯ ވިދާޅުވިއިރު މެންބަރު ޒަރީރު އެ ދުވަހު ހުންނެވީ 19ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީ މެންބަރެއްގެ ގޮތުގައި ކަމަށެވެ.
އެ ދުވަހު ޒަރީރު ވާހަކަދެއްކެވީ އެމްޑީޕީގެ ސިޔާސަތުތަކަށް ތާއީދު ކުރައްވައިގެން ކަމަށް އަމީންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. މިއީ މިއަދު ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ހާލަތު ކަމަށް އޭނާ ވިދާޅުވިއެވެ.
"ނަވާރަވަނަ މަޖިލީހުގައި އެމްޑީޕީ މެންބަރެއްގެ ގޮތުގައި އިނދެފައި މިއަދު ބޯވައެއްހެން ކުލަ ބަދަލުކޮށްގެން އައިސް އަނެއްކާ ސަނާ މި ކިޔަނީ 20ވަނަ މަޖިލީހުގައި ޕީއެންސީއަށް. ޖޯކު ޖައްސަވާފައި އެ ދުވަހު އެ ބޭފުޅާ [މެންބަރު ޒަރީރު] ކުރެއްވި ކަންކަމަށް ޖޯކު ޖައްސަވަނީ އެބޭފުޅާ،" އަމީންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ރައްޔިތުންގެ ހައްގުގައި ޕާޓީގެ ކުލައަށް ނުބަލާ އެއަށްވުރެ ރަނގަޅަށް ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ވާހަކަދެކެވެން ޖެހޭނެ ކަމަށް މެންބަރު އަމީން ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ