ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކަށާއި އޭނާގެ ދަރިފުޅަށް މަރުގެ އިންޒާރުދީ، މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި މައްސަލަ ހުށަހަޅާފައިވަނީ ރޭގެ ވަގުތެއްގައެވެ.
މި ހާދިސާއާ ގުޅޭގޮތުން މޫސާ އަލީ މަނިކު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މައުލޫމާތަށް ބަލާއިރު، އޭނާ ދަރިފުޅާއެކު ސައިކަލުގައި ދަނިކޮށް މީހަކު ވަނީ ހުރަސް އަޅައި، ހަޑިހުތުރު ބަހުން ވަނީ މުއާމަލާތްކޮށްފައެވެ.
މީގެ އިތުރުން، އޭނާގެ ހަށިގަނޑަށް އަތްލައި މާރާމާރީ ހިންގުމުގެ އިތުރުން، އޭނާ އާއި ދަރިފުޅު މަރާލާނެ ކަމަށް ބުނެ އެ މީހާ އިންޒާރު ދީފައިވާ ކަމަށްވެސް މޫސަ ވަނީ ވިދާޅުވެފައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ