އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވޯޓުލުމުގެ ފުރުސަތު ހޯދުމަށް، މެމްބަރުން އިތުރުކުރުމުގެ ސުންގަނޑި ހަމަވިއިރު ގިނަ އަދަދެއްގެ ބަޔަކު އެ ޕާޓީއާ ގުޅިއްޖެއެވެ.
ރޭ ދަންވަރު 12 ޖެހުމާ ހަމައަށް ހުޅުވާލި ފުރުސަތުގައި، އެންމެ ފަހު ހައެއްކަ ގަޑިއިރުގެ ތެރޭގައި އެކަނިވެސް 4،800 އަށްވުރެ ގިނަ މީހުން ވަނީ އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައެވެ.
އެމްޑީޕީން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ސުންގަނޑި ހަމަވިއިރު އަލަށް ގުޅުނު 4،868 މީހުންނާއެކު އެ ޕާޓީގެ ދަފްތަރުގައި ހިމެނޭ މެމްބަރުންގެ ޖުމްލަ އަދަދު މިހާރު ވަނީ 50,594 އަށް އަރާފައެވެ.
މި އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ހޯދުމަށް ރޭ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު، އެމަނިކުފާނުގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވާ ފައްޔާޒު އިސްމާއިލް ވިދާޅުވީ މެމްބަރުންގެ އަދަދު 44،000 އިން 50،000 އަށް އުފުލިފައިވާ ކަމަށެވެ. އަދި މެމްބަޝިޕް އިތުރުކުރުމުގެ މަސައްކަތް މިއަށްވުރެ ބޮޑަށް ރޭވުންތެރިކަމާއެކު ކުރިނަމަ އެ އަދަދު 60،000 އަށް އެރީސް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް އޮންނާނެއެވެ. މި މަގާމަށް ކުރީގެ ރައީސް ނަޝީދުގެ އިތުރުން، މަޖިލިސް މެމްބަރު މީކާއިލް އަހުމަދު ނަސީމާއި ކުރީގެ މެމްބަރު އަލްހާން ފަހުމީ ވާދަކުރައްވާނެކަން ވަނީ އިއުލާނުކުރައްވާފައެވެ.
ކެމްޕެއިންގެ ހަރަކާތްތައް މިހާރު ފެށިގެން ކުރިއަށްދާއިރު، ރައީސް ނަޝީދު "ބޮޑު ބަދަލު" ގެ ނަމުގައި ކެމްޕެއިން ފައްޓަވާފައިވާއިރު، މީކާއިލްގެ ކެމްޕެއިން ކުރިއަށްދަނީ "އިތުބާރު" ގެ ނަމުގައެވެ.
އިންތިހާބުގެ ވޯޓުލުން އޮންނާނީ ޖޫން 12 ގެ މެންދުރުފަހު 2:30 އިން ރޭގަނޑު 8:00 އަށެވެ.
ދަނާލުގައި މަރުވި ކުއްޖާ ފުލުހުންނަށް ގުޅި ވާހަކަ ދޮގުކޮށްފި
ޗެއާޕާސަން އިންތިހާބަށް އެމްޑީޕީއަށް 4،868 މެންބަރުން
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި
މީހަކު ހޮސްޕިޓަލަށް ގެންދިޔައީ ބާރުގެ ބޭނުން ކޮށްގެނެއް ނޫން: ފުލުހުން
އަމީންގެ ފާޑުކިޔުން ޒަރީރަށް: ޖޯކު ޖަހަމުން އެދަނީ އަމިއްލަ ނަފްސަށް
ނަޝީދު މިރޭ އެމްޑީޕީ އިހްތިޖާޖަށް ނުކުންނަވަނީ