މާލޭގައި މިރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ ސިލްސިލާ މުޒާހަރާގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް މީހަކު ހަމަލާދީފިއެވެ.
މި ހަމަލާދިނީ ގަލޮޅު ސަހަރާ ކަންމަތިން މާލެ ސިޓީގެ މޭޔަރު، މުޒާހަރާގެ ބައިވެރިންނާ އެކީގައި ހިނގާފައި ދަނިކޮށެވެ.
ހަމަލާދިން މީހާ ފުރަތަމަވެސް މާލެ ސިޓީ މޭޔަރުގެ މޭމަތީގައި ޖަހާ ކޮއްޕާލީއެވެ. އެއަށްފަހު މުޒާހަރާ ބައިވެރިންގެ ތެރެއިން ބަޔަކު ނުކުމެ މޭޔަރަށް ރައްކާތެރިކަން ދީ، އަދި މޭޔަރަށް ހަމަލާ ދިން މީހާ ހިފަހައްޓައި އޭނާ ދުރައްޖެއްސިއެވެ.
އެމްޑީޕީގެ ޗެއަރޕާސަން އަބްދުލްޣަފޫރު މޫސާ ވަނީ އެ ހަމަލާ ތަހުގީގު ކުރުމަށް ގޮވާލައި މޭޔަރު އާޒިމަށް ރައްކާތެރިކަން ދިނުމަށް ގޮވާލައްވާފައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ