އެމްޑީޕީން ރޭ ކުރިޔަށް ގެންދިޔަ އިހުތިޖާޖުގައި މާލޭގެ މޭޔަރު އާދަމް އާޒިމްގެ ގަޔަށް އަތްލާ މީހަކު ހަމަލާ ދިނުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުށްވެރި ކުރައްވައިފިއެވެ.
މާލޭގެ މޭޔަރަށް ހަމަލާދޭން މަސައްކަތް ކުރީ އިހުތިޖާޖުގެ ބައިވެރިން ހިނގަމުން ދަނިކޮށް ބޮޑުރަސްގެފާނު މަގުގައި ހުރި މީހެކެވެ.
އެމީހާ ވަނީ މޭޔަރު އާޒިމްގެ ގައިކޮޅުގައި އަތްލައިފައެވެ. އިތުރު ހަމަލާއެއް ދޭން މަސައްކަތް ކުރުމުގެ ކުރިން އިހުތިޖާޖުގެ ބައިވެރިން އޭނާ ހުއްޓުވިއެވެ.
އަދި އޭނާއާ އިހުތިޖާޖުގެ ބައިވެރިންނާއި ކުރިމަތިލުމެއް ވަނީ ހިނގައިފައެވެ.
މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި މޭޔަރު އާޒިމް ވަނީ އެ ހަމަލާއަކީ ސަރުކާރުން ރާވައިގެން ކުރި ކަމެއް ކަމަށް ވިދާޅުވެފައެވެ. އެމްޑީޕީން އިހުތިޖާޖު ކުރަމުން ދަނީ ސަރުކާރު ހަމަ މަގަށް އެޅުވުމަށް ކަމަށާއި ސަރުކާރުގެ އަމަލުތައް ވެސް ހުންނަން ވާނީ އަނިޔާ ނުކޮށް ކަންކަން ހަމަމަގަށް އެޅުވުމަށް ކަމަށް އާޒިމް ވިދާޅުވިއެވެ.
ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޭޔަރު އާޒިމަށް ހަމަލާ ދިނުން ކުށްވެރި ކުރައްވާ ކަމަށާއި ދައުލަތުގެ ކަމާބެހޭ އެންމެހާ ފަރާތްތަކުން އެ މައްސަލަ ބެލުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމަށެވެ.
މި މައްސަލައާ ގުޅިގެން ނޫސްވެރިން ފުލުހުންނާއި ސުވާލުކޮށްފައިވީ ނަމަވެސް އެކަމާއި ގުޅިގެން އަދި ފުލުހުން ވަކި އެއްޗެއް ހާމަކޮށްފައެއްނުވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ