ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން އަނެއްކާވެސް ކަރަންޓު ކެނޑިއްޖެއެވެ.
ކަރަންޓުގެ ހިދުމަތް ކެނޑުނީ ވިނަރެސްގެ 10 ޓަވަރާއި ހިޔާގެ ފަސްވަނަ ޓަވަރާއި ހަވަނަ އަދި ހަތްވަނަ ޓަވަރުންނެވެ.
މީގެއިތުރުން އެމްޕީއެލްގެ ޓަވަރުތަކުންނާއި އަމާން ދޯދީގެ 12ވަނަ ޓަވަރުން ފެށިގެން 16ވަނަ ޓަވަރާއި ހަމައަށް ކަރަންޓުގެ ހިދުމަތް ވަނީ މެދުކެނޑިފައެވެ. ހަމައެއާއެކު އަމާން އުދަރެސްގެ ފަސްވަނަ އަދި ހަވަނަ ޓަވަރުގައިވެސް ކަރަންޓެއް ނެތެވެ.
ސްޓެލްކޯ އިން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ، މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ކޮންނަނިކޮށް ހައި ވޯލްޓޭޖް ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ކަމަށެވެ.
"މިހާރު ދަނީ ކޭބަލް މަރާމާތުކޮށް، ވީ އެންމެ އަވަހަކަށް ހިދުމަތް އަލުން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން،" ސްޓެލްކޯ އިން ބުންޏެވެ.
މިއީ މަހުގެ ތެރޭގައި ކޭބަލަކަށް ގެއްލުންވެގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނު ދެވަނަ ފަހަރެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ