އައިޖީއެމްއެޗުގައި ހުރިހާ ބާވަތެއްގެ ބޭސްތައް ލިބޭނެފަދަ ސަރުކާރުގެ ބޭސްފިހާރައެއް ގާއިމުކުރުމަށް ނިންމާފައިވާކަން، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (އެސްޕީއެމްސީ) އިން މިއަދު ހާމަކޮށްފިއެވެ.
ރާއްޖެއިން ބޭރުން ބޭސް ހޯދުމުގައި އާންމުންނަށް ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި މައްސަލައާ ގުޅިގެން ބޭއްވި ބައްދަލުވުމުގައި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވީ އަންނަ ހަފްތާގެ ތެރޭގައި އެ ފާމަސީ ހުޅުވޭނެ ކަމަށެވެ.
ޑރ. ޝާހު ފާހަގަކުރެއްވި ގޮތުގައި، އެ ފާމަސީ ބައްޓަން ކުރަނީ ރާއްޖެއިން ލިބެން ހުންނަ ހުރިހާ ބޭހެއް އެއްތަނަކުން ލިބޭނެ ގޮތަށެވެ.
އަދި އެ ނިޒާމު ފުރިހަމައަށް ހަމަޖެހުމަށް ކޮންމެވެސް ވަރެއްގެ ވަގުތެއް ނެގި ނަމަވެސް، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ ބަލިމީހުންނަށް ބޭނުންވާ ހުރިހާ ބޭހެއް ވެސް އެތަނުން ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ބޭސް ލިބުމުގައި ދިމާވާ ދަތިތަކުގެ ހައްލެއްގެ ގޮތުން، ބޭސްތަކުގެ ސްޓޮކާއި ތަފާސްހިސާބުތައް ވަގުތުން ބަލާލެވޭނެ ޑިޖިޓަލް ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޝާހު ވިދާޅުވިއެވެ.
އެ ނިޒާމުގެ ސަބަބުން ބޭރުން ބޭސް ގެނައުމުގެ މަރުހަލާތައް އިތުރަށް އަވަސްވެގެންދާނެ ކަމަށްވެސް ޝާހުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ