މިދިޔަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ތެރެއިން މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާގެ މަގާމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކޮށް ބަލިވި އާޝިޔަތު އަލައިކާ އަދުދާނަށް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދީފިއެވެ.
އޭނާ އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ އިއްޔެގައެވެ. ސަރުކާރުގެ އިސް އޮފިޝަލަކު މިކަން "ހަތާވީސް" އަށް ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް ސަރުކާރުން މިކަމާއި ގުޅޭ ގޮތުން ރަސްމީ ގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ.
މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު އޮތް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި، މާލޭ ސިޓީގެ ޑަބްލިއުޑީސީގެ ރައީސާގެ މަގާމަށް އަލައިކާގެ އިތުރުން ދެ ކެންޑިޑޭޓަކު ވާދަކުރެއްވިއެވެ. މި އިންތިހާބުގައި ކާމިޔާބީ ހޯއްދެވީ އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލެއްވި އައިޝަތު ރީޝާއެވެ.
އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ނަމަވެސް، އަލައިކާ އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ އޭނާ އެ ދަތުރު ނިންމާލީ ވަރަށް އަގުހުރި ކާމިޔާބީއަކާ އެކުގައި ކަމަށެވެ. އެއީ ގިނަ ބައެއްގެ ފަރާތުން ލިބުނު އިތުބާރާއި، ލޯތްބާއި، އަދި ޔަގީންކަމަކީ އިންތިހާބުގެ ނަތީޖާއަށްވުރެ މާ މަތިވެރި ނިއުމަތެއްގެ ގޮތުގައި އޭނާ ގަބޫލުކުރައްވާތީ ކަމަށް އަލައިކާ ފާހަގަކުރެއްވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ