ނޫސްވެރިން ޖަލަށްލާ އަނގަ ބަންދުކުރަން ފަށާ ހިސާބަކީ ވެރިކަމެއްގެ ނިމުމުގެ ފެށުން ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ކުރީގެ ހޯމް މިނިސްޓަރުކަން ވެސް ކުރައްވާ އަދި ރިޔާސީ ރޭހުގައި ވެސް ވާދަކުރައްވާފައިވާ އުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިރޭ ވިދާޅުވީ ނޫސްވެރިންގެ އަނގަ ބަންދުކޮށް ޖަލަށްލާ ހިސާބަކީ ވެރިކަމެއް ނިމުމުގެ ފެށުންކަން ތާރީހުން ހެކިދޭ ކަމަށެވެ.
ރައްޔިތުންގެ ކަންކަމާއި ހަވާލުވެ ތިބޭ މީހުން، އެކަންކަމާއި ހަވާލުވަނީ އާއްމު އެހެން ފަރުދުންނާއި ހިލާފަށް އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ އަޑުގަދަވެގެން ދާނެކަން އެނގިތިބެ ކަމަށް އުމަރު ފާހަގަކުރެއްވިއެވެ.
"ވެރިން ހުތުރު ކަމެއްގައި ބައިވެރިނުވާކަން ސާބިތު ކުރަންޖެހެނީ ޝަރުއީ ކޯޓަކުން ނޫނެވެ. މައުސޫމްކަން ސާބިތު ކުރަން ޖެހޭނީ ކޯޓް އޮފް ޕަބްލިކް އޮޕީނިއަން އިންނެވެ،" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އާއްމު ރައްޔިތުންގެ ވިސްނުމުގައި އެވެރިއެއްގެ މައުސޫމްކަން ބުރަވެވެން ޖެހޭ ކަމަށާއި ކުރެވޭ ތުހުމަތަށް އޮތް ހަމައެކަނި ޖަވާބަކީ "ދޮގެއް" ކަމަށް ބުނުމުން ނުފުދޭ ކަމަށެވެ.
އުމަރު މިފަދައިން ވިދާޅުވެފައި މިވަނީ ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ، އަދަދު ނޫހުގެ ދެ ނޫސްވެރިން ޖަލަށްލާން ހުކުމް ކުރުމާއި ގުޅިގެންނެވެ.
ކްރިމިނަލް ކޯޓުން ހުކުމް ކުރީ ނޫސްވެރިޔާ ލީވާން އަލީ ނާސިރު 10 ދުވަހަށް ޖަލަށްލުމަށެވެ. އަދި ނޫސްވެރިޔާ މުހައްމަދު ޝަހުޒާން 15 ދުވަހަށް ޖަލަށްލުމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ