ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކުރުމަށްޓަކައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިބްރާހިމް މުހައްމަދު ސޯލިހާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ނިންމަވައިފިއެވެ.
ރައީސް ޔާމީން 'މިހާރު' ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ނިންމެވުން ނިންމެވީ ދެ ނޫސްވެރިއަކަށް ޖަލު ހުކުމެއް އައުމާ ގުޅިގެން އެކަމާ ދެކޮޅަށް އަޑުއުފުލުމަށެވެ.
މިކަމަށް އެމަނިކުފާނު އެއްބަސްވެވަޑައިގަތީ، އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް، ގައުމުގެ ހަމަޖެހުމަށްޓަކައި ތިން ރައީސުން އެކުގައި ނުކުތުމަށް ގޮވާލައްވާފައިވާ ވަގުތެއްގައެވެ.
ފައްޔާޒުގެ މި ގޮވާލެއްވުމަށް ތާއީދުކުރައްވައި ރައީސް ނަޝީދު ވެސް ވަނީ ނޫސްވެރިން ހައްޔަރުކުރުމާ ދެކޮޅަށް މިރޭ ބާއްވާ މުޒާހަރާގައި ބައިވެރިވެވަޑައިގަންނަވާނެ ކަން ހާމަކުރައްވާފައެވެ.
މިހާރުވެސް އެމްޑީޕީ އާއި ޕީއެންއެފްގެ ސަޕޯޓަރުން އަންނަނީ ސަރުކާރާ ދެކޮޅަށް ސިލްސިލާ މުޒާހަރާތައް ކުރިއަށް ގެންދަމުންނެވެ.
ކޯޓު އަމުރަކާ ހިލާފުވެގެން ކަމަށް ބުނެ ދެ ނޫސްވެރިއަކު ޖަލަށްލުމަށް ކުރި ހުކުމާ މެދު ކުރީގެ ތިން ރައީސުންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ