ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އެ މަގާމުން ދުރުކުރުމަށްޓަކައި، މަޖިލީހުގެ މެޖޯރިޓީ އޮތް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ނިންމައިފިއެވެ.
"ހަތާވީސް" އަށް ޕީއެންސީ ޕީޖީ މެންބަރަކު ވިދާޅުވީ ނާޒިމް މަގާމުން ދުރު ކުރުމަށްޓަކައި ބޭނުންވާ ސޮއިވެސް ހަމަކޮށްފައިވާ ކަމަށެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން، މަޖިލީހުގެ ރައީސް ވަކިކުރަން މަދުވެގެން 24 މެންބަރުންގެ ސޮއި ބޭނުންވި ނަމަވެސް، ނައިބު ރައީސް މަގާމުން ދުރުކުރެވޭނީ ޖަލްސާއަށް ހާޒިރުވެ ވޯޓުދޭ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
މިހާރު އޮތް 93 މެންބަރުންގެ މަޖިލީހުގައި ޕީއެންސީގެ 76 މެންބަރުން ތިއްބަވައެވެ. މީގެ އިތުރުން، ނާޒިމް ވަކިކުރުމުގެ މި ނިންމުމާއެކު، ޕީއެންސީގެ ވަޓްސްއެޕް ގުރޫޕުން ވެސް މިއަދު ހެނދުނު އޭނާ ވަނީ ވަކިކޮށްފައެވެ.
މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމަށް ނާޒިމް އިންތިހާބުވީ 28 މޭ 2024 ގައި ބޭއްވި ވޯޓުގައި 80 މެންބަރުންގެ ތާއީދާއެކުގައެވެ. މީގެ ކުރިން 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ނާޒިމް ވަނީ ނައިބު ރައީސްކަމުގެ މަގާމު ފުރުއްވާފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ