ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީން އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބޭއްވި ތާރީހީ މަޝްވަރާ ބައްދަލުވުމަށްފަހު ތިން ރައީސުން އެއްބަސްވާ ކަންތައްތަކެއްގައި ރޭ ސޮއިކޮށްފިއެވެ.
މި ބައްދަލުވުން އޮތީ ރޭ މާފަންނު ވެސްޓްޕާކު ކައިރީގައި ހުންނަ ފަންކްޝަން ފައިވްގައެވެ. ރޭ އިރާކޮޅު 20:00 ހާއިރު ފެށި މި ބައްދަލުވުމަކީ ބައިގަޑިއިރެއްހާއިރުގެ ބައްދަލުވުމެކެވެ. އެ ބައްދަލުވުމުގައި ތިން ރައީސުން ވަނީ އެއްބަސްވުމެއްގައި ސޮއި ކުރައްވާފައެވެ.
މީޑިއާތަކަށް ހާމަކޮށްފައިވާ މި އެއްބަސްވުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ދިވެހި ރައްޔިތުންނަށް ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގުތަކަށް އުނިކަން ލިބި، އަދުލު އިންސާފު ގާއިމުކުރާ ކޯޓުތަކަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށް ބަޔާންކޮށްފައިވެއެވެ.
އަދި ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ ބާރުތައް ހަނިކޮށްފައިވާ ކަމަށްވެސް މި ބަޔާނުގައި ތުހުމަތުކޮށްފައިވެއެވެ.
މީގެއިތުރުން، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅައި ނޫސްވެރިން ހައްޔަރުކުރުމާއި، ގައުމުގެ އިގުތިސޯދީ ހާލަތު ދަށަށްގޮސް ތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުން އާންމުންގެ ދިރިއުޅުމަށް ދަތިތަކާ ކުރިމަތިވެފައިވާކަން ތިން ރައީސުން ސޮއިކުރެއްވި ލިޔުމުގައި ބަޔާންކޮށްފައިވެއެވެ.
ސަރުކާރަށް މި މައްސަލަތައް ހައްލުކުރުމަށް ނުކުޅެދިފައިވާ ކަމަށާއި، ދައުލަތުގެ މާލިއްޔަތާއި މުދާ ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ކަމުގެ ޔަގީންކަން މިހާރު ގެއްލިފައިވާ ކަމަށްވެސް އެ ލިޔުމުގައި ބުނެފައިވެއެވެ.
އެއްބަސްވުމުގައި ވާގޮތުން، ދިވެހިން އެތައް އަހަރެއްގެ މަސައްކަތުން ހޯދި ޑިމޮކްރަސީގެ އުސޫލުތައް ނެތިގެންދާތީ، ގައުމު އަލުން ހަމަ މަގަށް ރުޖޫއަކުރުމަށްޓަކައި ތިން ރައީސުން ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ.
މި އެއްބަސްވުމުގެ ދަށުން އެންމެ އިސްކަމެއްގެ ގޮތުގައި ތިން ރައީސުން އެދިވަޑައިގެންފައިވަނީ ކޯޓުގެ އަމުރަކާ ހިލާފުވި ކަމަށް ބުނެ ބަންދުކޮށްފައިވާ ދެ ނޫސްވެރިންނާއި، އެކަމާ ގުޅިގެން އިހުތިޖާޖުކޮށްގެން ހައްޔަރުކުރި މީހުން މިނިވަންކުރުމަށެވެ. އަދި 'އަދަދު' ނޫހުގެ ދެ ނޫސްވެރިންގެ މައްޗަށް ކުރިއަށްގެންދާ ޝަރީއަތްތައް ހުއްޓާލުމަށްވެސް ވަނީ ގޮވާލާފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ