އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރެއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، މިހާރު އޮތީ އާ ލީޑަރުންނަށް ފުރުސަތު ދޭންޖެހޭ ވަގުތު ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ ވިދާޅުވެއްޖެ އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގަންނަވަމުން އިބޫ ވިދާޅުވީ، ޕާޓީގެ އިސް ސަފަށް އާ މޫނުތަކެއް ގެނެސްގެން ހެޔޮ ބަދަލުތަކެއް ހޯދަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
އަދި މިއީ ނަޝީދަށް ބަދުބަހެއް ބުނުން ނޫން ކަމަށާއި، އެމަނިކުފާނުގެ ހިދުމަތްތައް ބަލައިގަންނަ ކަމަށް ވެސް އިބޫ ފާހަގަކުރެއްވި އެވެ.
އިބޫ އިތުރަށް ވިދާޅުވީ، މިވަގުތު އެންމެ މުހިންމީ ޔުނައިޓެޑް ޑިމޮކްރަޓިކް ފްރޮންޓްގެ މަސައްކަތްތަކަށް އިސްކަންދީ، މިހާރު އޮތް ސަރުކާރު ބަދަލުކުރުމަށް މަސައްކަތް ކުރުން ކަމަށެވެ. އަދި ޒުވާނުންގެ ބައިވެރިވުން އިތުރުވަމުންދާއިރު، ލީޑަޝިޕް އާ ޖީލަކަށް ހަވާލުނުކޮށްފި ނަމަ ޕާޓީގެ ކުރިމަގަށް ހުރަސް އެޅިދާނެ ކަމުގެ ބިރު އޮތް ކަމަށް ވެސް ވިދާޅުވި އެވެ.
އަންނަ މަހު އެމްޑީޕީއަށް 21 އަހަރު ފުރޭއިރު، ޕާޓީގެ ކުރީގެ އިސްވެރިން އެކުގައި ތިއްބަވައި އާ ލީޑަރުންނާ ޕާޓީ ހަވާލުކުރާ މަންޒަރު ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް އިބޫ ވިދާޅުވި އެވެ.
ނަޝީދު ފަދަ ތަޖުރިބާކާރު ބޭފުޅަކާ ވާދަކުރާނެ ޒުވާން ކެންޑިޑޭޓުން ޕާޓީގައި ތިބުމަކީ ލިބޭ ފަހުރެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ