ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވެފައި ވަނިކޮށް ސިޓީތަކާއި ރަށްރަށުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީތަކުގައި މަސައްކަތް ކުރާ ރައީސާއިންގެ މުސާރަ ދެވަނަ ފަހަރަށް ކުޑަކޮށްފިއެވެ.
އަންހެނުންގެ ކޮމިޓީ މެންބަރުންގެ މުސާރަތައް އިއްޔެ ނެޝަނަލް ޕޭ ކޮމިޝަނުން ވަރަށް ބޮޑަށް ބޮޑުކުރިއެވެ. އެ ގޮތުން، ސިޓީތަކުގެ އަންހެނުން ކޮމިޓީ ރައީސާއިންނަށް މި ބަދަލާ އެކު 41،000 ރުފިޔާ ލިބޭނެއެވެ. އަދި، ރަށްރަށުގެ އަންހެނުން ކޮމިޓީގެ ރައީސާއިންނަށް ވެސް މި ބަދަލާ އެކު މުސާރައިގެ ގޮތުގައި 21،000 ރުފިޔާ ލިބޭނެއެވެ.
ސިޓީތަކުގެ އަންހެނުން ކޮމިޓީ ނައިބުންނަށް 7،000 ރުފިޔާ، ރަށްރަށުގެ ނައިބުންނަށް 6،000 ރުފިޔާ ލިބޭނެ ގޮތަށް ނިންމިއެވެ. އަދި ސިޓީތަކުގެ ކޮމިޓީ މެންބަރުންނަށް މުސާރައިގެ ގޮތުގައި ޖުމުލަ 6،000 ރުފިޔާ، ރަށްރަށުގެ މެންބަރުންނަށް 5،000 ރުފިޔާގެ މުސާރައެއް ލިބޭ ގޮތަށް ނިންމިއެވެ.
މީގެ ކުރިން ސިޓީތަކުގެ އަންހެނުން ކޮމިޓީ ރައީސާއިންނަށް ލިބެނީ 7،000 ރުފިޔާއެވެ. އަދި، ރަށްރަށުގެ ރައީސާއިންނަށް ލިބެނީ 6،000 ރުފިޔާއެވެ.
ފާޑު ކިޔުންތަކާއެކު މުސާރައަށް ބަދަލުތަކެއް އިއްޔެ ގެނައެވެ. އެގޮތުން ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސުންގެ މުސާރަ 33،000 ރުފިޔާއަށް ކުޑަކުރިއެވެ. ސިޓީތަކުގެ ޑަބްލިއުޑީސީގެ ނާއިބު ރައީސާގެ މުސާރަ 7،000 ރުފިޔާ އިން 6،000 ކުޑަކުރަން ނިންމިއެވެ.
ނަމަވެސް މިއަދު އަނެއްކާވެސް އެ ނިންމުން ބަދަލުކޮށް މުސާރަތައް ވަނީ ކުޑަކޮށްފައެވެ. ފިނޭންސް މިނިސްޓްރީން ވަނީ ޑަބްލިއުޑީސީގެ ރައީސާގެ މުސާރަ 20،000 ރުފިޔާއަށް ތިރިކޮށް، ރަށްރަށުގެ ރައީސުންގެ މުސާރަ 15،000 ރުފިޔާއަށް ކުޑަކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ