ދިވެހި ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ދަށުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ގްރޭޓާ މާލެ ސަރަހައްދުންނާއި އަލަށް ތަރައްގީކުރަމުން އަންނަ ރަސްމާލެއިން ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ހުޅުވާލި މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.
މިދިޔަ ޖެނުއަރީ މަހުގެ 18ވަނަ ދުވަހު ހުޅުވާލި އެ ފުރުސަތުގައި އެންމެ ފުރަތަމަ އޮތީ ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ފުރަތަމަ ދީފައި ވަނީ މި މަހުގެ މަހުގެ 17 ވަނަ ދުވަހު ހަމަވާ ގޮތަށެވެ. އަދި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު މާޗު މަހުގެ ހަތަރުވަނަ ދުވަހަށް ހަމަވާ ގޮތަށް ކުރިން އޮތެވެ.
ނަމަވެސް ފްލެޓާއި ގޯއްޗަށްވެސް ކުރިމަތިލުމުގެ އެންމެ ފަހު ވަގުތަކީ އޭޕްރީލްގެ ނިޔަލަށް ކަމަށް ކުރިން ކަނޑައެޅިއެވެ. އަދި ފަހުން އެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކުރިއެވެ.
ނަމަވެސް ހައުސިން މިނިސްޓްރީން މިއަދު ބުނީ އެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފައިވާ ކަމަށާއި މިހާރު ސުންގަޑިއަކީ އަންނަ މަހުގެ 15ވަނަ ދުވަސް ކަމަށެވެ.
މާލެ ސަރަހައްދުންނާއި ރަސްމާލެ އިން ޖުމްލަ 7500 ހައުސިން ޔުނިޓާއި 15000 ގޯތި ދޫކުރުމަށް ވަނީ ނިންމައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ