މާލެ، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން މާލެ ސަރަހައްދުގެ 25 މިސްކިތެއްގެ އިތުރުން ހަތަރު ހުސްބިމެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި ކުރިއަށް އޮތް އަޟްހާ އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާނީ މާލޭގެ އެކުވެނި ސްޓޭޑިއަމް ސަރަހައްދާއި، ވިލިމާލޭ ބޯޅަދަނޑުގެ އިތުރުން ހުޅުމާލެ ފޭސް 1 ގެ ސިންތެޓިކް ޓްރެކްގައެވެ.
އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަސްޖިދު ހަސަން އާދަމް ކައިރީގައި އޮންނަ ހުސްބިމުގައި ވެސް އީދު ނަމާދު ކުރުން އޮންނާނެއެވެ.
މީގެ އިތުރުން، މޫސުން ގޯސްވުމުގެ ސަބަބުން ބޭރު ހުސްބިންތަކުގައި ނަމާދު ކުރެވޭ ގޮތް ނުވެއްޖެ ނަމަ، މާލެ ސަރަހައްދުގައި ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި އީދު ނަމާދު ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އާންމުކޮށް އަމަލުކުރާ އުސޫލުގެ މަތިން، އީދު ނަމާދު ކުރާ ހުރިހާ މައިދާންތަކާއި މިސްކިތްތަކުގައި ވެސް އަންހެނުންނަށް ނަމާދު ކުރެވޭނެ އިންތިޒާމުތައް މިނިސްޓްރީން ފަހިކޮށްދޭނެއެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ