މި ދުވަސްވަރު ޑެންގީ އާއި އިންފްލުއެންޒާގެ އިތުރުން އަރިދަފުސް ރޯގާ ފެތުރޭ މިންވަރު އިތުރުވެ، މާލެއިން ހިމަބިހީގެ ކޭސްތަކެއް ފެނިފައިވާތީ، ކުރިއަށް އޮތް އީދު ބަންދުގައި ސިއްހީ ރައްކާތެރިކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އެދިއްޖެއެވެ.
އީދު ބަންދަކީ ގިނަ ބަޔަކު އެއްވެ އުޅޭ އަދި އެކި ރަށްރަށަށާއި ރާއްޖޭން ބޭރަށް ދަތުރުފަތުރުކުރާ ދުވަސްވަރަކަށް ވާތީ، ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑުކަން ފާހަގަކޮށް އެޗްޕީއޭ އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނޫސްބަޔާނެއް މެދުވެރިކޮށް ބާރުއަޅާފަ އެވެ.
ބަލިތަކުން ރައްކާތެރިވުމަށް އެޗްޕީއޭ އިން ދީފައިވާ އިރުޝާދުތަކުގެ ތެރޭގައި ހުން އައުން ނުވަތަ ނޭވާލާ ނިޒާމުގެ އުނދަގުލެއް ހުރި ނަމަ ގޭގައި މަޑުކުރުމާއި، މީހުން އެއްވާ ތަންތަނަށް ނުދިއުން ހިމެނެ އެވެ.
އަދި ބަލީގެ ހާލަތު ގޯސްވާ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށާއި، ސިއްހީ ފަރުވާ ހޯދަން ދާއިރު މާސްކް އެޅުމަށް ވަނީ އިރުޝާދުދީފަ އެވެ. ހިމަބިއްސަށް ޝައްކު ކުރެވޭ ނަމަ ޓެސްޓުގެ ނަތީޖާ ލިބެންދެން އެކަހެރިވެ ހުރުމަކީ ވެސް މުހިންމު ކަމެކެވެ.
މީގެ އިތުރުން، އެއާޕޯޓުތަކާއި ފެރީ ލައުންޖު ފަދަ ތޮއްޖެހޭ ބަންދު ތަންތަނުގައި އުޅޭއިރު މާސްކް އެޅުމަށާއި، ގިނައިން އަތްދޮވުމަށް ވަނީ އެދިފަ އެވެ.
ވެކްސިން ޖަހައިގެން ރައްކާތެރިވެވޭ ބަލިތަކަށް ވެކްސިން ފުރިހަމަކުރުމަށާއި، މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކުން ސަލާމަތްވުމަށް މަދިރި ލޯޝަން ބޭނުންކުރުމާއި މަދިރި އާލާވާ ތަންތަން ނައްތާލުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ