ފިތުނަ އުފައްދައިގެން ޕީއެންސީއެއް ބައިބައެއް ނުކުރެވޭނެ ކަމަށާއި އެޕާޓީގެ ލީޑާޝިޕާއި ޕާޓީގެ އާއްމު މެންބަރުން ތިބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ސާބިތުވެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.
ބައެއް ނޫސްތަކުގައި މިއަދު ވަނީ ޕީއެންސީގެ ސެނެޓުން ރައީސްގެ ހުށަހެޅުމެއް ބޭރުކޮށްލައި ނުފޫޒު ކުޑަކުރި ކަމަށް ބުނެ ރިޕޯޓުކޮށްފައެވެ.
އެ ހަބަރަށް ރައްދު ދެެއްވުމުގެ ގޮތުން އެކްސްގައި އަދުރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ހަބަރުގައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ.
މެންބަރުންގެ މަޖިލީހުން ވަކި ގޮތަކަށް ކަމެއް ނިންމާކަށް ރިޔާސަތުން ޕާޓީގެ ރައީސް، ރައީސް މުއިއްޒު ހުށަހަޅާފައި ނުވާ ކަމަށް އަދުރޭ ވިދާޅުވިއެވެ. ޕީއެންސީއަކީ ޑިމޮކްރަސީގެ ރިވެތި އުސޫލުން ކަންކަން ހިންގާ ޕާޓީއެއް ކަމަށްވެސަ އޭނާ ވިދާޅުވިއެވެ.
"ފިތުނަ ފަސާދަ އުފައްދައިގެން އަޅުގަނޑުމެން ބައިބައެއް ނުކުރެވޭނެ. އަޅުގަނޑުމެން މިތިބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ސާބިތުވެ،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ މިފަދައިން ވިދާޅުވެފައި މިވަނީ އޭނާގެ ދަރިކަލުން ޓޫރިޒަމް މިނިސްޓަރުކަމުން ވަކި ކުރެއްވުމުން ޕާޓީގެ ކަންކަމުގައާ ސަރުކާރު ދިފާއުކޮށް މިފަދަ ވާހަކަތައް ދެއްކުމާއި އަދުރޭ ދުރަށް ޖެހިވަޑައިގެން ހުންނަވާތާ ދުވަސްކޮޅެއް ފަހުންނެވެ.
ނަމަވެސް މިފަހަކުން ޕީއެންސީގެ ޕޯޑިއަމްތަކުގައި ވެސް އަދުރޭ އަންނަނީ ވާހަކަދައްކަވަމުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ